އައި ފިލްމްސްގެ އުފެއްދުމެއް ކަމަށްވާ ބިރުވެރި ވާހަކައިގެ ހަވަނަ އެޕިސޯޑް ”މަސް ދަތުރު – 02“ މިރޭ ދައްކާނެއެވެ.
އިލްޔާސް ވަހީދު (އިއްލެ)ގެ "މަސްދަތުރު-2" ގައި މަޝްހޫރު ގިނަ ތަރިން ފެނިގެންދާނެއެވެ. އޭގެތެރޭގައި ނަދީހް، އައްޒަ، ސަޢީދު، ދޮނާ، ނަތާޝާ، ޝާރިފް، ސޭންޑީގެ އިތުރުން އިތުރުން ”ދަރަކަ“ ވެބް ސީރީޒުން ތަޢާރަފުވި ވިކީ ހިމެނެއެވެ. މިއެޕިސޯޑުގެ ޓްރެއިލާ މިމަހު 20 ވަނަ ދުވަހު ވަނީ ދައްކާފައެވެ.
އިއްލެގެ ޑައިރެކްޝަނެއް ކަމަށްވާ "ބިރުވެރި ވާހަކަ" ސީރީޒްގެ 5 އެޕިސޯޑް މިހާރު ވަނީ ދައްކާފައެވެ. ކޮންމެ ހުކުރު ދުވަހަކު ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް މިވެބް ސީރީޒް ބަލާލެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.