1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްކިއުއޭ ގެ ހުއްދައާ ޚިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅަނީ

f984db98-5a77-449b-bf45-fe31716cf3d5
އީ ލާނިންގ ގައިޑްލައިން ހިއްސާކުރުމަށް އެމްކިޔުއޭއިން ބޭއްވި ސެމިނަރ - ފޮޓޯ: އެމްކިޔުއޭ
ޢަޒީޒާ އަފީފް
519ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި މަތީ ތައުލީމް ދޭ ބައެއް މަރުކަޒުތަކަށް ހުއްދަ ދީފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލުކުރަމުން ދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.

އެމްކިއުއޭ އިން ބުނެފައިވަނީ މަތީ ތައުލީމް ދޭ ބައެއް މަރުކަޒުތަކުގައި އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގުމުގައި، ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް، އަމަލުކުރަމުން ދާ ކަމަށް ބުނެ އާންމު ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާ ކަމަށާއި އެގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން އެފަދަ އަމަލަކީ ގަވާއިދު ނަންބަރު: 2022/R-77 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' އާ ހިލާފު އަމަލެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.

300 × 250

އެއޮތޯރިޓީއަށް ލިބިފައިވާ ޝަކުވާ ތަކުގެ ތެރޭގައި އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގުމުގެ ހުއްދަ ދީފައި ނުވާ ޕްރޮގްރާމްތައް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގުން ހިމެނެއެވެ. އެހެންކަމުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް ހިންގާ ޕްރޮގްރާމްތައް ބަލައި ނުގަންނާނެ ކަމަށް ވެސް އެމްކިއުއޭއިން ބުނެއެވެ.

ރާއްޖޭގައި މަތީ ތައުލީމް ހިދުމަތް ފޯރުކޮށްދޭ މަރުކަޒު ތަކާއި ކޮލެޖުތަށް އަންނަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. މި މަރުކަޒުތަކުން ދަސްވެނިވާ ކުދިން މިފަދަ ކަންތައްތަކަށް ސަމާލުވުމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި އީ-ލަރނިންގ ގައިޑްލައިން ގެ ބޭނުމަކީ ފެންވަރު ކަށަވަރު ކުރުމާއެކު އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ތެރެއިން ޕްރޮގްރާމްތައް ގެންދާނޭ ގޮތްތަކާއި އީ-ލަރނިންގ އަށް ކިޔަވައިދިނުމަށް އެދި މަރުކަޒުތަކުން އެދޭ އިރު ކޮންމެހެން ހުންނަން ޖެހޭ ކަންކަން ބަޔާންކޮށްފައިވާ މުހިންމު ގައިޑްލައިނެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި