1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންޑިޔާގައި ބޭއްވުނު ޕެރޭޑެއްގެ ޝަރަފްވެރި މެހެމާނަކަށް ޗީފް އޮފް ޑިފެންސް ޝަމާލް

photo_2022-07-30-13.06.21-850x548
އިންޑިޔާގައި ބޭއްވުނު ޕެރޭޑެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ބައިވެރިވެ ވަޑައިގަންނަވަނީ
ޢަޒީޒާ އަފީފް
428ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިޔާގެ އާރމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ޝަރަފްވެރި މެހެމާނަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ބައިވެރިވެ ވަޑައިގެންފިއެވެ.

އިންޑިޔާގެ ޗެންނާއީގައި މިއަދު ހެދުނު ބޭއްވުނު އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕަރަމެސްވަރަން ޑްރިލް ސްކެއަރގައި ޖެނެރަލް ޝަމާލް ބައިވެރިވެ ވަޑައިގެންނެވީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްގެ ދައުވަތަކަށެވެ.

މިރަސްމިއްޔާތުގައި އެ އެކެޑެމީން އަލަށް އޮފިސަރުންގެ ގޮތުގައި ދަސްވެނިވާ ކެޑޭޓުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަމާލް ވިދާޅުވީ މުސްތަޤުބަލަށް މިއަދު ބިނާކުރެވޭ އާ ޖީލުގެ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް ޝަމާލް އިލްތިމާސްކުރެއްވިއެވެ.

300 × 250

މީގެއިތުރުން އޮފިސަރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައި ޝަމާލް ވަނީ ފާހަނގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ދިވެހި ދެ އަންހެން ސިފައިން ވެސް ވަނީ އޮފިސަރ ޓްރެއިނިންގ ފުރިހަމަ ކުރައްވާފައެވެ. އެ ދެ ސިފައިންގެ ބޭކަނބަލުންނާއި އެ ކަނބަލުންގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، ޝަމާލް ވަނީ މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި