ދެ ހަފްތާގެ ބަންދަކަށް ފަހު ދެވަނަ ޓާމްގެ ކިޔެވުން ސްކޫލުތަކުގައި ފަށައިފިއެވެ.
ފުރަތަމަ ޓާމުގެ ސްކޫލް ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށަފައިވަނީ މިއަދުއެވެ. ޖުލައި މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ދަރިވަރުންނަށް މިފަހަރު ވަނީ މިނިވަން ދުވަހުގެ ބަންދާއެކު ޖުމްލަ 16 ދުވަހުގެ ޗުއްޓީއެއް ލިބިފައެވެ. ދެ ހަފްތާއަށްވުރެ ދިގު މި މުއްދަތަށްފަހު ކިޔެވުން އަލުން މި ފެށުނީ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ތާޒާކަން ލިބުމަށްފަހުގައެވެ.
މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 16އާ ހަމައަށެވެ. އެހެންކަމުން ބޮޑު ޗުއްޓީގައި ދަރިވަރުންނަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 84,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. އަދި މިއަހަރު އަލަށް ގްރޭޑް 1އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެއެވެ. މި ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި 9,000 އަށް ވުރެ ގިނަ މުދައްރިސުން އަންނަނީ މުޅި ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.