1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔޫއެސްއެއިޑް އިން ރާއްޖެއަށް 4.6 މިލިޔަން ރުފިޔާ ހަދިޔާކޮށްފި

WhatsApp-Image-2022-08-03-at-9.19.03-PM-750x375
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަން އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
ޢަޒީޒާ އަފީފް
306ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔުނައިޓެޑް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، (ޔޫ.އެސް އެއިޑް) އިން ރާއްޖެއަށް 4.6 މިލިޔަން ރުފިޔާގެ އެހީއެއް ދީފިއެވެ.

ޔޫއެސް އެއިޑްގެ ފަރާތުން ރާއްޖޭގެ ސަރުކާރަށް 300,000 ޑޮލަރު ހަދިޔާކޮށްފައި މިވަނީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރާ މަސައްކަތަށް ދިން އެހީއެއްގެ ގޮތުގައެވެ.

އެ އެހީ ދިނުމަށް ނިންމާފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަން މެދުވެރިކޮށެވެ. އެހެންކަމުން އެ ދެ ކުންފުނިން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

300 × 250

މި އެހީ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް އިތުރުވަމުންދާއިރު، މިކަންކަމުން އަރައިގަނެ، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކާ ކުރާ ހޭދަ އިތުރުކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫ.އެސް އެއިޑުގެ ސްރީލަންކާއާއި ރާއްޖޭގެ މިޝަން ޑައިރެކްޓަރ ގެބްރިއެލް ގްރައު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމާއި އާމްދަނީއަށް ކުރާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް އެ ޖަމިއްޔާގެ ފަރާތުން އެހީތެރިވެދޭނެކަމަށެވެ.

އެއެޖެންސީން ބުނި ގޮތުގައި މި އެހީއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިވުމުގެގޮތުން ފޯރުކޮށްދިން އެހީއެކެވެ.

މިއީ އެ ޖަމިއްޔާއިން ހިންގާ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ދަށުން ދިން ފުރަތަމަ ގްރާންޓެވެ. ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީއަކީ 5 އަހަރުގެ މުއްދަތަކަށް ހިންގާ 10.5 މިލިއަން ޑޮލަރުގެ ހަރަކާތެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާ، ވިލުންތެރި މަސައްކަތްތަކަށް ޔުނައިޓެޑް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫ.އެސް އެއިޑުން 3 ލައްކައަށްވުރެ ގިނަ ޑޮލަރު ނުވަތަ 4.6 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ޔޫ.އެސް އެއިޑްގެ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ތެރެއިން އެސް.ޑީ.އެފް.ސީއަށް 86،000 ޑޮލަރުގެ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ ދަށުން ގްރީން ކްލައިމެޓް ފަންޑަށް އެކްރެޑިޓްވާ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީއަށް އެކުންފުނިވުމަށް އެހީތެރިވެދޭނެއެވެ.

2001 ވަނަ އަހަރުން ފެށިގެން ޔޫއެސްއެއިޑްއިން ދަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާާތަނަށް ފައިސާގެ އެހީގެ ގޮތުގައި އެ ޖަމްޢިއްޔާއިން 20 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ވަނީ ދީފައެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ދިވެެއްސެއް

    ބުނާނެ ހިލޭ އެހީ އޯ.. އެކަމް ތި ވެސް ވާނީ ދަރަންޔަކަށް އާޙިރުގަ.

ގުޅުންހުރި