1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޝިޢާއުގެ ހަތަރެސްފައިވެސް އޮތީ ބުރިކޮށްލާފައި!

79950000_2443127272607201_7471888522484383744_n
ޝިއާއު މުހައްމަދު ސައީދު
މުހައްމަދު އަޚްތަރު
2,437ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރޭ މާލޭގައި މަރާލި 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދުގެ ކަރުގެ އިތުރުން ހަތަރެސްފައި ވެސް ވަނީ ބުރިކޮށްލާފައެވެ.

ރޭ 10:30 ހާއިރު،  ޝިޢާއު މަރާލާފައި އޮތީ ޗީބޯ ގޯޅި ތެރޭގައި ހުރި ހ. ޝީރީން ވިލާގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ހާދިސާ އެވެ.

ޝިއާއުގެ އާއިލާ ބައެއް މެންބަރުންނާއި ހަވާލާދީ އޭނާގެ ގާތް މީހަކު އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޝިއާއުގެ ދެއަތް ވެސް އުޅަނބޮއްޓާ ހިސާބުން އޮތީ ބުރިކޮށްލައިފައި ކަމަށެވެ.  އަދި ޝިއާއުގެދެ ފައި ވެސް އޮތީ ބުރިކޮށްލައިފައި އޮތްއިރު ކަރު މުޅިން ބުރި ވެފައި ނުވާ ކަމަށާއި ނަމަވެސް ކަރު ވަކިނުވެ އޮތީ "ކިރިޔަކިރިޔާ" ކަމަށް ޝިއާއުގެ ގާތް މީހަކާއި ހަވާލާދީ "ވަގުތު" އިން ރިޕޯޓް ކުރެއެވެ.

300 × 250

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ އަންހެން ކުއްޖާގެ ހަށިގަނޑު ފުލުހުން ބޮޑީ ބޭގަކަށްލައިގެން ގެންދިޔައިރު ވަކި ދެ ބޭގެއް ގެންދިޔަ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ވަކި ގެންދިޔަ ބޭގަކީ އެ އަންހެން ކުއްޖާގެ ބޯ ހިފައިގެން ދިޔަ ބޭގް ކަމަށް އޭނާ ބުންޏެވެ.

ޝިއާއުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ އޮތީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.

ޝިއާއުގެ ގާތިލަކީ، އޭނާގެ ލޯބިވެރިޔާ، ފ. ނިލަންދޫ، ފިނިފެންމާގެ، އުމުރުން 23 އަހަރުގެ އަލީ ޝާހިލް އެވެ. އަދި އޭނާ ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

 

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ދިރާސާ

    މަރަންޖެގުނު ސަބަބެއް އިންނާނެ މިހާރު އެއްބަޔަކު އުޅެނީ މަރައްމަރު ނުހިފައިގެން...

  • ހާމިދި

    ނޫނޭ މަރައްމަރު ހިފާނެކަމެއްނެއް ހިއުމަންރައިޓްސް މެދުވެރިކޮއް އެމެރިކާ އަށް ފޮނުވާލާ

ގުޅުންހުރި