ރާއްޖޭގައި ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަނގަކުރުމަށް ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިނގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
ޝައިޚް ނިޝާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތު ތަކާއެކު ޝެއިޚް ނިޝާން ދޫކޮށްލާފައެވެ. އެގޮތުން މާލެއިން ބޭރަށް ވަޑައިނުގަތުމަށާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމަށާއި، ތަޙްޤީޤަށް އެއްބާރުލުން ދެއްވުމަށް ކޯޓުން ވަނީ ޝަރުތުކޮށްފައެވެ.
މިދިޔަ ޖޫންމަހު 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ދުވަހުގެ ޙަރަކާތްތައް ކުރިޔަށް ދަނިކޮށް އެސަރަޙައްދަށް އެއްވި ބަޔަކު ގަލޮޅު ދަނޑަށްވަދެ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ނިޝާން 45 ދުވަސް ވަންދެން ހައްޔަރުގައި ބެހެއްޓުމަށްފަހު މިވަނީ ދޫކޮށްލާފައެވެ.
ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން، ޝައިހް އާދަމް ނިޝާންގެ ދަރުސް ދިނުމުގެ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ. އެޙަރަކާތާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟުލޫން މީގެ ކުރިން ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.