1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބިމުއަޑީގަ ތިބެންޖެހޭ ޖިންނި ޝައިތާނުން ނަގާ ދިރުވީމަ ވާނެގޮތް މިވަނީ: އައްބާސް

large_1430724411617uCy
މީރާގެ ކުރީގެ ބޯޑު މެންބަރު އައްބާސް އާދިލް ރިޒާ
ޢަޒީޒާ އަފީފް
641ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެއް ޖިންސުގެ ގުޅުން ހިންގި މމައްސަލައިގައި ހައްޔަރު ކުރެވުނު މީހުން ދޫކުރަމުންދާތީ އެކަމާ މީރާގެ ކުރީގެ ބޯޑު މެންބަރު އައްބާސް އާދިލް ރިޒާ ނުރުހުން ފާޅުކޮށްފިއެވެ.

އައްބާސް ކުރެއްވު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބިމުއަޑީގަ ތިބެންޖެހޭ ޖިންނި ޝައިތާނުން ނަގާ ދިރުވީމަ ވާނެގޮތް މިވަނީ ކަމަށެވެ. ކަންތައް މިހިސާބަށް ދާއިރުވެސް އަދިވެސް ހޭއަރާކަށް ނުވޭތޯ އައްބާސް ވަނީ ސުވާލުކޮށްފައެވެ.

https://twitter.com/AbbasRiza/status/1558356554964865025?s=20&t=zasadYFO7VrcYwBiExbPzA

300 × 250

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އައްބާސް ވިދާޅުވަނީ ބިމު އަޑީގަ ތިބެންޖެހޭ ޖިންނި ޝައިތާނުން ނަގާ ދިރުވީމަ ވާނެގޮތް ފެންނަމުންދާ ކަމުގައެވެ. އަދި މިޓްވީޓުގައި އިސްލާމިކް މިނިސްޓްރީ އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ބައިވެރިޔާ، ހޯމް މިނިސްޓަރު އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީ އާއި، އެޕާޓީއަށް ނިސްބަތްވާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފް ވަނީ ޓެގު ކުރައްވާފައެވެ.

އިބްރާއަށް އައްބާސް މިފަދަ ރައްދެއް ދެއްވީ އެންމެ ހުުތުރުކަން ބޮޑު އެއް ފާފަ ކަމުގައިވާ ލިވާތު ކޮށްގެން އެހެން މީހަކަށް ގެއްލުމެއް ނެތް ކަމަށާއި، ޔޯގާ ހަމަނުޖެހުމުގެ ސަބަބުން އެހެން މީހުންގެ ޖިސްމަށް އަނިޔާ ލިބޭ ފަދަ އަމަލުތަކެއް ފެނުނު ކަމުގައި އޭނާ ވިދާޅުވުމާ ގުޅިގެންނެވެ.

އިބްރާ މިފަދައިން ވިދާޅުވީ ދެ ހަފްތާ ނުވަނީސް ލިވާތު ކުރި މީހުން ދޫކޮށްލިއިރު، ޔޯގާ ހައްޔަރީން ތިބީ ބަންދުގައިކަން ފާހަގަކުރައްވައި ވަކީލު މުހައްމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އެނާ ވިދާޅުވިގޮތުގައި ޒިނޭ އާއި ލިވާތަކީ ކުށެކެވެ. އެކުށަކީ ދެމީހަކު ނުވަތަ ގިނަ ބަޔަކު ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން މީހެއްގެ ފުރާނައަށް, މުދަލަކަށް, މިނިވަންކަމަކަށް ލިބޭނެ ގެއްލުމެއް ނެތްކަންވެސް އިބްރާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން 22 ޖޫންގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅައި، އާންމުތަނެއްގައި ހިނގި ޓެރަރިޒަމްގެ އަމަލެއްކަމުގައި އިބްރާ ވަނީ ވިދާޅުވެފައެވެ.

އިބްރާގެ މިފަދަ ވާހަކަތަކާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ އިބްރާ އަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްވައި, ޓުވީޓެއް ކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި