1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބައްސާމުގެ އަނބިކަނބަލުންގެ ރެސްޓޯރެންޓަކަށް ގެއްލުން ދީފި

big_AxSEfQbkqd8UMHXhMteWmwj0F-pu3rtxkget9ybvleu4cj8hc99s77pu0vcevqrsxk6o
އާމިނަތު މައުރީނާ (މައުރީން)
ޢަޒީޒާ އަފީފް
1,167ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަލީ ޖަލީލްގެ އަނބިކަނބަލުން އާމިނަތު މައުރީނާ (މައުރީން) ގެ ރެސްޓޯރެންޓަށް މީހަކު ގެއްލުންދީފިއެވެ.

ހުޅުމާލޭގައި ހުންނަ މައުރީންގެ ރެސްޓޯރެންޓެއް ކަމަށްވާ " މިނޫޝިއާ" އަށް ގެއްލުންދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައެވެ. ރޭ ދަންވަރު 12:15 އެހާކަންހާއިރު ކާކުކަން ނޭގޭ ގޮތަށް ހެލްމެޓް އަޅައިގެން ހުރި މީހަކު ގާ ބުރިއެއް އެއްލައި ރެސްޓޯރެންޓުގެ ބިއްލޫގަނޑު ވަނީ ތަޅާލާފައެވެ.

300 × 250

maureen-shoppމައުރީންގެ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލާފައި — ފޮޓޯ: އެމްވީކްރައިސިސް

ރެސްޓޯރެންޓަށް ގެއްލުން ދިނުމަށްފަހު އެމީހާ ވަނީ ވަގުތުން ފިލާފައެވެ.

މިމައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މިމައްސަލައިގައި ފުލުހުން އެއްޗެއް ހާމައެއް ނުކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި