ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު އަންހެނަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އުމުރުން 18 އަހަރުގެ ދިވެހި އަންހެނަކު ހިޔާ ޓަވަރު އެކެއްގެ 13 ވަނަ ފަންގިފިލާއިން ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފައިވާ ކަމަށާއި އެކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންތައް އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ގޮތުގައި އެއަންހެންމީހާ އޮތީ ހިޔާ ތަވަރެއްގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ބެލްކަނީގެ ދަނގަޑުތަކުގައި އެލިގެންނެވެ.
އަދި އޭނާ ސަލާމަތްކޮށްފައިވަނީ އެ ފްލެޓާ ދިމާލުން ތިރިން، 12 ވަނަ ފަންގިފިލާގެ ބެލްކަނިން ނިކުތް ދެ ފިރިހެނުންނެވެ. ފެންނަ ފެނުމަށް އެމީހާ ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިއީ މިފަދަ ހާދިސާއެއް ފްލެޓްގައި ހިނގި ފުރަތަމަ ފަހަރެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.