ގދ.މަޑަވެލި ހޯޑެއްދޫ ކޯޒްވޭ އަލުުން ތަރައްޤީ ކުރުުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން މިއަދު ފަށައިފިއެވެ.
ގދ.ހޯޑެއްދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖިލިސް މެމްބަރު ޙުސައިން ފިރުޝާންގެ އިތުރުން މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން، ހޯޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ފާރިޝް އަދި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ޑިޒައިން އެންޑް ބިލްޑު އުސޫލުން، 10 މަސްދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެއެވެ. 262 މީޓަރުގެ މަގެއް ހަދައި މަގު މާކު ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން 383 މީޓަރުގެ ދިގު ކޯޒްވޭއެއް ދެ ބްރިޖް ގޮތަށް ހެދުމަށް ވަނީީ ނިންމާފައެވެ.
މީގެއިތުރުން ކޯޒްވޭގެ 2,544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4,596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި 1,378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޑޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް 3,144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުން ހިމެނެއެވެ. މިމަސައްކަތް ނިމޭއިރު ދެރަށް ދެމެދުގައި އޮންނަ “ކަންނިގިލާ” އާއި، “ހާދޫ” ވެސް މި ކޯޒްވޭއާއި ގުޅާލެވޭނެއެވެ.
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ތަރައްޤީ ކުރުމަށް ނިންމާފައިވާ ގޮތް - ފޮޓޯ: އެމްޓީސީސީ
ދައުލަތުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއުގެ މަގުސަދަކީ، މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓަރުތައް ބެދި އޮއިވަރު ބްލޮކުވުމުގެ ސަބަބުން އެ ދެ ރަށަށް ދިމާވެފައިވާ ރަށް ގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކުރުން ކަމުގައި ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލި އެވެ. ނަމަވެސް، އެ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށް ބުނެ އެ ދެ ރަށުގެ ބަޔަކު ނުކުމެ އެ ކޯޒްވޭ ވަނީ ކަަނޑާލަާފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.