ިޑައިވިންގ ދާއިރާއިން ޑައިވްމާސްޓަރ ލެވެލްއަށް ކިޔަވައިދޭ ކޯހެއް ޔޫމެޓް ސްކޫބާއިން ގދ.ތިނަދޫގައި ފަށަން ތައްޔާރުވެއްޖެއެވެ.
ހުވަދޫ ނިއުސްއަށް މައުލުމާތު ދެމުން ޔޫމެޓުން ބުނާގޮތުގައި މިކޯހަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރިއަށް ގެންދާ ކޮވިޑް 19 އިންކަމްސަޕޯޓް "އަޕްސްކިލިންގ އެންޑް ޓެރެއިނިންގ ޕްރޮގްރާމް" ޕްރޮޖެކްޓްގެ ދަށުން އެމިނިސްޓްރީ އާއި ޔޫމެޓް ސްކޫބާރ ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ. އަދި ކޯހުގެ ކިޔެވުމުގެ ކޯސް ފީ އަދި ކިޔެވުމެ އެއްވެސް ޚަރަދެއް ޕްރޮގްރާމްގެ ބައިވެރިން ދައްކާކަށް ނުޖެހޭނެ ކަމަށާއި މިޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްގެ ގޮތުގައި 5،000.00 (ފަސްހާސް ރުފިޔާ) އާއި ހަމައަށް މަހަކު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޔޫމެޓުން ވަނީ މައުލޫމާތު ދީފައެވެ.
މިއީ ގދ.ތިނަދޫގައި ޑައިވްމާސްޓަރ ލެވެލްއަށް ކިޔަވަދޭ ފުރަތަމަ ކޯހެވެ. މިޕްރޮގްރާމްގެ މަގުސަދަކީ، ދިވެހި ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ވަޒީފާގެ ބާޒާރަށް ނުކުމެ، ވަޒީފާގެ ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.