ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އާ ނުލާ ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ރައީސް ޔާމީންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ނެތް ނަމަ އެ އިންތިހާބު ބޭއްވިޔަ ނުދޭނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުން ވަނީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ވޯޓުކަރުދާސްކޮޅުގައި ނެތްނަމަ އެ އަރައިގަނެވެނީ ގިނަ ބައެއްގެ ހައްގަށް ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ ފާއިތުވީ ފަސްއަހަރު ރައީސް ޔާމީނަށް ލިބުނު އަނިޔާ ބަލަހައްޓައިގެން ރައްޔިތުން ނުތިބޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދައިގެން ޔާމީނަށް އިތުރަށް އަނިޔާކުރާތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.