ދިވެހިރާއްޖޭގެ ޓުއަރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ އެމްޑީޕީ މީހުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމްކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިގެން އެމްޑީޕީ ސަރުކާރުން އެދުވަސް ފާހަނގަކުރަމުންދާއިރު މާޒީގެ ސަފްހާތަކުން ފެނިގެންދާ އެންމެ ބޮޑު ހަޤިގަތަކީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީން ކަމަށެވެ.

https://twitter.com/Shiyamaldives/status/1576532178644529154?s=20&t=lv-kh3DPpu1SPTuAMPrRrQ

ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަށް 50 އަހަރު ފުރުން މިސަރުކާރުން މިއަދު ފާހަނގަކުރަމުންދާއިރު ޝިޔާމް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީ މީހުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވާކަން ޝިޔާމް ފާހަނގަކޮށްލިއެވެ.

ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައީ އިބްރާހިމް ނާސިރުގެ ދައުރުގައި 1972 ވަނަ އަހަރު އޮކްޓޯބަރ މަހު 3 ވަނަ ދުވަހުގައެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުމާއެކު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެގެން ދިޔައެވެ.