1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތް މާދަމާ ފަށަނީ

310707848_1049957005677671_5972771416346801433_n
މުހައްމަދު އަޚްތަރު
851ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްޕޯރޓްސް ކްލަބް ޔުނިކް ގެ ފަރާތުން ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ކްލަބުގެ ސޯޝަލް ސެންޓަރުގައެވެ.

ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތް ފެށުމުގެ ރަސްމިޔްޔާތުގައި މޯލްޑިވްސް ޕޫލް ބިލިއާރޑް އެސޯސިއޭޝަން ގެ ރައީސް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ކްލަބުން މަޢުލޫމާތު ދެއެވެ.

300 × 250

މުބާރާތް ހުޅުވުމުގެ ގޮތުން ކޮމިުނިޓީޝީލްޑް މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗްގައި ބައްދަލު ކުރާނީ، ބިލިއާރޑް ނެޝަނަލް ރޭންކިންގ 3 ހަސަން ޝާޒް އާއި ނެޝަނަލް ރޭންކިންގ 4 އިސްމާއިލް ޖީހާން އެވެ.

ޔުނިކް ސްޕޯރޓްސް ކްލަބުން މިމަހުގެ 7ން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 32 ބައިވެރިން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިޔަށްދާނީ ޑަބަލްް އެލިމިނޭޝަން އުޞޫލަށެވެ. މުބާރާތުގެ ގުރުއަތު ނެގުން މިމަހުގެ 1 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.

ޑަބަލް އެލިމިނޭޝަންގެ 62 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.

މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާގެ އިނާމެއް އެ ކްލަބުން ވަނީ ހުށަހަޅާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި