1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

300082406_1527651164343304_8803124092797747722_n
ގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުނު މެޗުގެ ތެރެއިން- ހުވަދޫ ފޮޓޯ: އަހުތަރު
ޢަޒީޒާ އަފީފް
552ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ސްޕޯޓްސް ކްލަބު ޔުނީކުން 8 ބޯލް ބިލިއާރޑް މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ސްޕޯޓްސް ކްލަބު ޔުނީކުގެ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ޗެއާޕާސަން އަހްމަދު ނާސިފްގެ އިތުރުން އެ ކްލަބުގެ ފައުންޑަރ ސައުދުﷲ ހިލްމީ އާއި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ހަމައެއާއެކު ބިލިއާޑް ނެޝަނަލް ރޭންކިންގ ގެ 3 ވަނަައިގައި އޮތް ހަސަން ޝާޒު އާއި ރޭންކިންގ ގެ 4 ވަނައިގައި އޮތް އިސްމާއިލް ޖީހާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

310261223_1378090059600810_6071087951235280091_nގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތު- ހުވަދޫ ފޮޓޯ: އަހުތަރު

300 × 250

ރޭ ގެ ރަސްމިއްޔާތުގައި ބިލިއާރޑް އެސޯސިއޭޝަން ގެ ރައީސް އާއި ކްލަބްގެ މުސްތަޝާރު ސަޢުދު ﷲ ހިލްމީ ވާހަކަފުޅު ދެއްކެވިއެވެ.

ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން އަހްމަދު ނާސިފް ވިދާޅުވީ ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ރާއްޖޭގައި ބިލިއާޑް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް އެސޯސިއޭޝަނުން ކޮށްފައިވާ ކަމަށާއި މިހާރު އަމާޒަކީ އަތޮޅުތެރެއަށް ބިލިޔާޑް ގެންދިޔުމަށް ކަމަށެވެ. އަދި އަންނަ އަހަރު ބިލިއާޑް މުބާރާތްތަކެއް އަތޮޅުތެރޭގައި ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ނާސިފްވަނީ ވިދާޅުވެފައެވެ.

ނާސިފް އިތުރަށް ވިދާޅުވީ ބިލިއާޑް ކުރި އެރުވުމަށް އެސޯސިއޭޝަންގެ އެހީއަށް އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ތިނަދޫގެ ޒުވާނުންނަށްވެސް ބިލިއާޑުގެ ކުޅިވަރު ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ދެވެން އޮތް މިންވަރަކުން ދެއްވާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވުނު މިރަސްމިއްޔާތުގައި ހަސަން ޝާޒް އާއި އިސްމާއިލް ޖީހާންގެ ފޯރިގަދަ މެޗެއް ވަނީ ކުޅެފައެވެ. މިމެޗް ކާމިޔާބުކޮށްފައިވަނީ ހަސަން ޝާޒްއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރޭ ގދ.ތިނަދޫގައި ބޭއްވުނު ނަމަވެސް މުބާރާތުގެ މެޗުތައް ރަސްމީކޮށް ފެށިގެންދާނީ މިރޭ އެވެ.

310221335_1604949533235273_3305681181842771768_nގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުނު މެޗުގެ ތެރެއިން- ހުވަދޫ ފޮޓޯ: އަހުތަރު

މި މުބާރާތަކީ އެކްލަބުގެ ފައުންޑަރ ސައުދުﷲ ހިލްމީ އާއި ބިލިއާޑް އެސޯސިއޭޝަންގެ ފައުންޑަރ އަދި ކުރީގެ ރައީސް މުހައިމިން ހުސެއިންގެ އިސްނެންގެވުމުގެ ދަށުން ބާއްވާ މުބާރާތެކެވެ.

300 × 250

ޔުނިކް ސްޕޯރޓްސް ކްލަބުން ތިނަދޫގައި ބާއްވާ މި މުބާރާތުގައި ޖުމްލަ 32 ބައިވެރިން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިޔަށްދާނީ ޑަބަލްް އެލިމިނޭޝަން އުޞޫލަށެވެ. މުބާރާތުގެ ގުރުއަތު ނެގުން މިމަހުގެ 1 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.

310065811_627781875591010_8097322800896958906_nގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތުގެ ބެވަރޭޖް ޕާޓްނަރ ގޯސިޔާ- ހުވަދޫ ފޮޓޯ: އަހުތަރު

ޑަބަލް އެލިމިނޭޝަންގެ 64 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.

މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާގެ އިނާމެއް އެ ކްލަބުން ވަނީ ހުށަހަޅާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި