1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ޔުނީކް 8 ބޯލް ބިލިއާޑް މުބާރާތުގެ ކުއާޓާރ ފައިނަލް މެޗްތައް މިރޭ ފަށަނީ

viber_image_2022-10-13_05-27-01-225
ގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތުގެ ތެރެއިން- ހުވަދޫ ފޮޓޯ: އަހުތަރު
މުހައްމަދު އަޚްތަރު
546ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔުނިކް ސްޕޯރޓްސް ކްލަބުން ތިނަދޫގައި ކުރިޔަށް ގެންދާ 8 ބޯލް ބިލިއާރޑް މުބާރާތުގެ ކުއާޓާރ ފައިނަލް މެޗުތައް މިރޭ ފެށިގެންދާނެއެވެ.

މިމުބާރާތުގެ މިހާރު ކުރިޔަށް ދަނީ ޕްރީ ކުއާޓާރ ފައިނަލްގެ މެޗުތަކެވެ. ވިނާސް  ސައިޑް ކުޅެވޭނީ އެންމެ މޮޅު 5 ފްރޭމަށެވެ. ލޫޒާސް ސައިޑް މެޗްތައް ކުޅޭނީ އެންމެ މޮޅު 3 ފްރޭމަށެވެ.

މިހާތަނަށް އައިއިރު މިމުބާރާތުން ގިނަ ކުޅުންތެރިން ކަޓާފައިވާއިރު ރޭ ކުޅެވޭނީ ލޫޒާރސް ބްރެކެޓް ގެ 8 މެޗެވެ.

300 × 250

ޔުނިކް ސޯޝަލް ސެންޓަރ ގަައި ކުރިޔަށް ދާ މި މުބާރާތަކީ ތިނަދޫގައި މިހާ ބޮޑުކޮށް ބޭއްވޭ ބިލިއާރޑްގެ ފުރަތަމަ މުބާރާތެވެ.

ޑަބަލް އެލިމިނޭޝަންގެ 64 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.

މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާގެ އިނާމެއް އެ ކްލަބުން ވަނީ ހުށަހަޅާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި