މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަނުން މި މަހުގެ 23 ގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022" ފަށަން ހަފްތާ އަކަށް ވުރެ މަދު ދުވަސް ކޮޅަކަށް ވީއެވެ. ބާކީ އޮތީ އެންމެ 6 ދުވަހެވެ.
ރާއްޖޭގެ އުތުރާއި ދެކުނުން ޖުމްލަ 36 ޓީމު މި މުބާރާތުގައި ބައިވެރިވެއެވެ. 1054 އެތުލީޓުންނާއި އެކު 198 އޮފިޝަލުން މި ހަފުތާ ގެ ތެރޭގައި ތިނަދޫއަށް އަންނާނެއެވެ.
އެކު ޖުމްލަ 1156 އިވެންޓު ހިމެނޭހެން މި އޮކްޓޫބަރު މަހުގެ 23 އިން 27 އަށް ގދ.ތިނަދޫ ސްޓޭޑިއަމްގައި ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ ކަމެއް އިންތިޒާމް ކޮށް ހިންގުމަށް ބިޑް އުސޫލުން ޙާސިލް ކޮށްފައި ވަނީ ސެކްރެޓްރޭޓް އޮފް ދަ ތިނަދޫ ކައުނަސިލުންނެވެ.
އަތޮޅު ތެރޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތް ކުލަގަދަ އަދި ފެންވަރު ރަނގަޅު ކޮށް ކުރިޔަށް ގެންދިއުމަށް މިހާރު ކުރެވިފައި ވަނީ ކޮން ކަމެއް ތޯ އަދި ކުރަން ހުރީ ކޮން މަސައްކަތެއް ތޯ އެއީ މިވަގުތު ގިނަ ބަޔަކު އެނގެން ބޭނުން ވާނެ ކަމެއްކަން ޔަގީނެވެ.
އެތުލެޓިކްސް މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު "ހުވަދޫ ނިއުސް" އަށް ދެއްވަމުން ތިނަދޫ ކައުނަސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަރީފް ވިދާޅުވީ އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިހާރުވެސް ކުރިއަށްދާ އެއް ކަމަކީ އަންނަ މެހެމާނުންނާ މުބާރާތުގެ ބައިވެރިވާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭނެ މާހައުލުގެ ޔަޤީން ކަން ކަށަވަރު ކުރުމާއި އެކޮމަޑޭޝަން ހަމަޖެއްސުން ކަމަށެވެ.
އެގޮތުން ޓީމު ތައް ގިނަ ކަމުގައި ވިޔަސް އެއްވެސް ދަތި ކަމެއް ނެތި އެކަން ފުރިހަމަ ވާނެ ކަމަށް އެސްޖީ ޝަރީފް ވިދާޅުވިއެވެ. ހަމަ އެހެންމެ ތިނަދޫ ސްޓޭޑިއަމް ގައި ކުރަން ޖެހޭ ކަންކަން ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށާއި ތިނަދޫ ސްޓޭޑިއަމް އާއި ޕަބްލިކް ވަރކްސް އަދި ޓެކްނިކަލް ޓީމު ތަކުން ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާކަން އެސްޖީ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މިއަދު ރަށުތެރެ ސާފު ކުރުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ފަށައި ސަރުކާރު ގެ މުޢައްސަސާ ތަކާ ޖަމްޢިއްޔާ ތައް ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށާއި ރަށުތެރެ ޒީނަތްތެރި ކުރުން ވެސް މިހާރު ފެށުމަށް ތައްޔާރު ވަމުންދާ ކަމަށާއި އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު ބޭނުން ކުރަނީ ރަބަރު ރެޑީމޭޑް ގިޑިގެތައް ކަމުން އެކަން ވެސް ކުރިޔަށް އޮތް ދެތިން ދުވަހެއްގައި ފަށާނެ ކަމަށާއި ހުރިހާ ގޮތަކުން ވެސް ރަނގަޅު މަންޒަރެއް ފެންނާނެ ކަމަށް އެސްޖީ ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ 23 ގައި މުބާރާތް ފެށުނު ކަމުގައި ވިޔަސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ 22 ވަނަ ދުވަހުގެ ރޭ ކަމަށް ވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ތައްޔާރު ވަމުންދާ ކަމަށާއި ތިނަދޫ އަށް މި މުބާރާތް ލިބުމުން ވާ ފައިދާ ފެންނަ ޑްެާރާމާ ޢަކާއި ޑްރިލްއެއް އެރޭ ބޭއްވުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުން ދާ ކަނަށެވެ.
މިއާއެކު ފުލުހުންނާއި ހޮސްޕިޓަލުން ވެސް މި މުބާރާތަށް ވަރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކުރިޔަ ރޭވިގެން ތައްޔާރަށް އޮތް ކަމަށާއި ނިމި ދިޔަ މުބާރާތުގެ ތެރޭގައި ދިމާވި ބައެއް ދަތި ކަންކަން މިފަހަރު ޙައްލު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ތިނަދޫ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަރީފް ހުވަދޫ ނިއުސް އަށް މީގެ އިރުކޮޅެއް ކުރިން މައުލޫމާތު ދެއްވިއެވެ.
އެސްޖީ ޝަރީފް ވިދާޅުވީ މަރުހަބާ ދެންނެވުން މިފަހަރުވެސް ކުރިޔަށް ގެންދާނީ ވަރަށް ފުރިހަމަ ކޮށް ކަމަށާއި އެކަމުގައި އެންމެ ބޮޑު އެއްބާރުލުން ދޭނީ ގދ އަތޮޅު ތަޢުލީމީ މަރުކަޒުން ކަމަށާއި މުބާރާތުން ބޭއްވުމަށް ސަރުކާރުގެ ހުރިހާ މުޢައްސަސާ ތަކާއި އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަމަށެވެ.
ތަފާތު ބަދަލު ތަކަކާއި އެކު ތައްޔާރީ ތައް ވަމުންދާ އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގެ ލޯގޯ ވެސް މިފަހަރު ވަނީ ތިނަދޫ ކައުނަސިލުން ބްރޭންޑް ކޮށް އާންމު ކޮށްފައެވެ.
ޚިޔާލު (1)
ތިނަދޫ ދާ އަންހެން އެތުލީޓުންނާ މަގުމަތިން ބެހި ފޮޓޯ ނަގާ ހަދާކަން ފާހަގަވޭ ހާއްސަކޮއް ޕާޓޭމެން