1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔުނިކް 8 ބޯލް ބިލިއާރޑް 2022 ގެ އެންމެ މޮޅު 2 ކުޅުންތެރިން ގައުމީ މުބާރާތަށް

IMG-7690932d98a4e2fa7d6b75ebfcf1ebad-V
ބިލިއާޑް މުބާރާތުގެ އެންމެ މޮޅު ދެ ކުޅުންތެރިން
މުހައްމަދު އަޚްތަރު
763ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫ ގައި ހިގާ ޖަމްޢިއްޔާއެއް ކަމުގައިވާ ސްޕޯޓްސް ކްލަބް ޔުނީކް ގެ "ޔުނިކް 8 ބޯލް ބިލިއާރޑް 2022" ގެ އެންމެ މޮޅު 2 ކުޅުންތެރިން ކަމުގައިވާ ޒައިދު މުހައްމަދު އާއި އަނޫފް އަހުރެން ގައުމީ މުބާރާތުގެ 1 ވަނަ ޑިވިޝަނުން ޖާގަ ލިބިއްޖެއެވެ.

ސްޕޯޓްސް ކްލަބް ޔުނީކް އިން އިންތިޒާމް ކޮށްގެން ގދ. ތިނަދޫ ޔުނިކް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ ޔުނީކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ފައިނަލް މެޗް ޒައިދު އާއި އަނޫފް މިރޭ ކުޅޭއިރު މި 2 ކުޅުންތެރިންނާށް ވެސް މާލޭގައި އޮންނަ މޯލްޑިވްސް ޕޫލް ބިލިއާރޑް ގައުމީ މުބާރާތުން ޖާގަ ލިބުނީ ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ބިލިއާރޑް އެސޯސިއޭޝަން ގެ ކުރީގެ ރައީސް އަދި ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ކޯރޑިނޭޓަރ މުހައިމިން ހުސައިން ވިދާޅުވީ ގެ 2 ކުޅުނުތެރިން ކަމުގައިވާ ޒައިދު އާއި އަނޫފްއަށް އަންނަ ނޮވެމްބަރު 2 ގައި ފަށާ ޤައުމީ މުބާރާތުގެ ފުރުސަތު ލިބުނީ 2 ވަނަ ޑިވިޝަންގައި ކުޅުމަކާއި ނުލާ ކަމަށާއި 2 މީހުންނަށް ވެސް ލިބުނު ފުރުސަތަކީ ކުޅުމުގެ ފެންވަރާއި ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ފެންވަރަށް ބަލާ އެސޯސިއޭޝަނުން ދެއްވި ފުރުސަތެއް ކަމަށެވެ. އަދި 2 ކުޅުންތެރިން ވެސް ތިބީ ސްޕޯޓްސް ކްލަބް ޔުނީކް ގެ ތެރެއިން ލިބުނު ފުރުސަތާ މެދު އުފާކޮށް ޤައުމީ މުބާރާތަށް ދިޔުމަށް ތައްޔާރަށް ކަމަށްވެސް މުހައިމިން ވިދާޅުވިއެވެ.

300 × 250

ޒައިދް އާއި އަނޫފް މިރޭ ވާދަ ކުރާ ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ފައިނަލުން ޒައިދު ޖާގަ ހޯދާ ފައިވަނީ ސެމީ ފައިނަލް ގައި 3-2 އިން ބުނާ ސައިޑުން ބަލިކޮށްފައެވެ. އަދި އަނޫފް ފައިނަލުން ޖާގަ ހޯދާ ފައިވަނީ ސެމީ ފައިނަލްގައި ލޫޒާސް ސައިޑުން ޔަޝްފައު 3-1 އިން ބަލިކޮށްފައެވެ.

މި މުބާރާތުގެ 3 ވަނަ ޔަޝްފައު އަށް ލިބުނުއިރު 4 ވަނަ ލިބިފައިވަނީ ރައްޔާރަށެވެ

މީގެ އިތުރުން 5 ވަނައަށް ހޮވުނު ކުޅުންތެރިޔާ އިން ފެށިގެން 8 ވަނައަށް ދިޔަ ކުޅުންތެރިޔާ ހަމައަށް، ކޮންމެ ކުޅުންތެރިޔަކަށް -/500 ރުފިޔާ ވަނީ ދީފަ އެވެ. އަދި 9 ވަނަ އިން ފެށިގެން 16 ވަނައަށް ދިޔަ ކޮންމެ ކުޅުންތެރިއަކަށް -/200 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައި ވާއިރު އެންމެ މޮޅު 4 ކުޅުންތެރިންނަށް ބިލިއަރޑް ކިއު އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗެމްޕިއަންކަން ހޯދާ ފަރާތަށް 7،000 ރުފިޔާގެ ފައިސާގެ އިނާމް އަދި ދެވަނަ ހޯދާ ފަރާތަށް 3،000 ރުފިޔާ، ތިން ވަނަ އަދި 4 ވަނައަށް ހޮވޭ ކުޅުންތެރިޔަކަށް -/1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ޔުނީކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާ ރޭ 9 ޖަހާ އިރުއެވެ.

މުބާރާތުގައި 32 ފަރާތަކުން ބައިވެރިވެފައިވިއެވެ. އަދި ޑަބަލް އެލިމިނޭޝަން އުސޫލަށް 61 މެޗު ވަނީ ކުޅެފައި އެވެ.

ސްޕޯޓްސް ކްލަބު ޔުނީކަކީ ދާދި ފަހުން ތިނަދޫގައި ރަޖިސްޓަރީ ކުރި ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ތިނަދޫ ގައި ބިލިއާރޑް ، ބެޑްމިންޓަން ، ސިނަމާ އަދި ކަރަައޯކޭ ރޫމް އަދި ޖަލްސާކުރާނެ ހޯލާއި އެހެނިހެން އިންޑޯ ކުޅިވަރު ކުޅެވޭނެ ތަންތަނާއި އެކު ޖަމިއްޔާ ގެ އޮފީސް ހިމެނޭހެން ސޯޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި އިމާރާތް ހުޅުވުމާއި ސްޕޯޓްސް ކްލަބް ޔުނިކް އިފްތިތާޙް ކުރުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޒިންދު

    މިހަމަ ރާއްޖޭ 2 ކުދިންތަ. ހާދަ ހޮޓޭ

ގުޅުންހުރި