1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކައުޓި ހުޅުދޫ މައްސަލައިން ސަރުކާރު ސަލާމަތް ވެއްޖެ

085919-kaashihulhudhoo
ގދ.ކައުޓި ހުޅުދޫ
ހުވަދޫ ނިއުސް ޓީމް
793ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދަނޑުވެރިކަން ކުރުމަށްޓަކައި ބޭރުކުންފުުންޏަކަށް ދޫކުރި ގދ.ކައުޓި ހުޅުދޫ މައްސަލައިން ސަރުކާރު ބޯދަމައިގެންފިއެވެ.

28 އޮކްޓޯބަރ 2013 ވަނަ ދުވަހު ކުކުޅު ގެންގުޅެ، ގަސްކާނާ އުފެއްދުމުގެ މަސައްކަތަށާއި ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރަން ކައުޓި ހުޅުދޫސަނީ ފާމްސް ޕްރައިވެޓް ލިމިޓެޑްއަށް ވަނީ 21 އަހަރަށް ދޫކޮށްފައެވެ. އެހެންނަމަވެސް ވޯކްޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާ ކަމަށް ބުނެ އެގްރިކަލްޗާ މިނިސްޓްރީން ވަނީ 23 އޮގަސްޓު 2020ގައި އެއްބަސްވުން ބާތިލުކޮށްފައެވެ.

މިމައްސަލައިގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދި ސަނީ ފާމްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެކުންފުުނިން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުން އެ ރަށަކީ އޭރު އެހެން މީހަކަށް ދޫކޮށްފައި އޮތް ރަށެއް ކކަމަށާއި އެއްބަސްވުމުގައި ސޮއިކުރިޔަސް ރަށް ހަވާލެއް ނުކުރާކަން، ރަށް ހަވާލުނުކޮށްގެން ދެ ފަހަރެއްގެ މަތިން މިނިސްޓްރީއަށް ސިޓީ ފޮނުވިކަމާއި، މަސައްކަތް ނުފެށި ވަނީ ރަށް ބޭނުންކުރަމުން ދިޔަ މީހުން ރަށުން ނުފައިބައިގެން، ރަށާ ހަވާލުނުވި ނަމަވެސް، ބަރާބަރަށް ބިމު ކުލި ދެއްކިކަމަށެވެ. އަދި ރަށް ބޭނުންކުރަމުން ދިޔަ ފަރާތުން ބަދަލު ނަގައިދޭން ގދ. ތިނަދޫ ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނިމުނީ ސަނީ ފާމްސްއާ ދެކޮޅަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

300 × 250

އެހެންކަމުން ލިބިފައިވާ ގެއްލުން (ސީދާ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 321،009 ޑޮލަރު (4.9 މިލިއަން ރުފިޔާ)، އަދި ގެއްލިފައިވާ އޮޕޮޗިއުނިޓީ ކޮސްޓްއަށް ޖެހޭ 4.5 މިލިއަން ޑޮލަރު (69.8 މިލިއަން ރުފިޔާ) ހިމަނައިގެން ޖުމްލަ 74.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ނަގައި ދޭން މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިމައްސަލައިގައި އެގްރިކަލްޗަރ މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ އެއްބަސްވުން ބާތިލުކުރީ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ފަށަން ދިން މުއްދަތުތަކުގައި މަސައްކަތް ނުފަށާތީ، ނޯޓިސް ދިނުމަށް ފަހުގައި ކަމަށެވެ.

އެގޮތުން މިނިސްޓްރީގެ ޓީމަކުން 28 އޭޕްރިލް 2019 އެ ރަށް މޮނީޓާ ކުރަން ދިޔަ ދަތުރުގައި، މަސައްކަތް ނުފަށާކަމާއި، މަސައްކަތް ފަށަން 1 އޮގަސްޓު 2019ގައި 30 ދުވަހުގެ ނޯޓިހެއް ދީ، ނޯޓިހުގައި ބުނާ މުއްދަތަށް މަސައްކަތް ނިންމަން ފުރުސަތު ދިނުމުން ސަނީ ފާމްސް އިން އެނޯޓިސްއަށް އިޖާބައެއް ނުދޭކަން މިނިސްޓްރީން ވަނީ ފާހަގަކޮޮށްފައެވެ. އެއްބަސްވުން ބާތިލުކުރީ ނޯޓިސް ފޮނުވިތާ އަހަރެއް ފަހުން ކަމަށްވާތީ އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަންމިހެން ހުރުމާއެކު އަދި މިނިސްޓްރީން އެ ނޯޓިސްތައް ފޮނުވާފައި ހުރިކަން ލިޔެކިޔުންތަކުން އެނގެން އޮތުމުން ސިވިލް ކޯޓުން ނިންމީ މި މައްސަލައިގައި އެގްރިކަލްޗާ މިނިސްޓްރީން ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ. އަދި މަސައްކަތް ނުފެށުނީ އެ ރަށުުގައި ބަޔަކު އުޅޭތީ ކަމަށް ސަނީ ފާމްސް އިން ބުނި ނަމަވެސް މި ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީއަށް ދެފަހަރު ސިޓީ ފޮނުވި ކަމަށާއި، ދެވަނަ ސިޓީ ފޮނުވި ފަހުން ރަށާ ހަވާލު ނުވެވިގެން ސަނީ ފާމްސް އިން މިނިސްޓްރީއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަން މިހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި މިނިސްޓްރީ ކޮޅަށް ބުރެވެ، ގާޒީ ފައްޔާޒު ވިދާޅުވީ އެއްބަސްވުމުގެ ތެރެއިން އެ ކުންފުންޏަށް ލިބޭ ހައްގުތައް ބޭނުންކޮށްގެން އެކަން ހައްލުކުރަން ކޮށްފައިވާ މަސައްކަތެއް ނޫނީ، ވޯކް ޕްލޭނަށް ހުރަސްއެޅިފައިވާ ސަބަބުތައް ބަޔާންކޮށް އަމަލުކުރަން ޖެހޭ އިޖުރާއަތްތަކާ އެއްގޮތަށް ސަނީ ފާމްސް އިން ކުރި މަސައްކަތް އެނގެން ނެތް ކަމަށެވެ.

ސަނީ ފާމްސް އަކީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ 'ގްރީން އެގްރޯ ލިމިޓެޑް' ނަމަކަށް ކިޔާ ބޭރުގެ ކުންފުންޏަކުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި