1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވާހަކަ ލިޔުންތެރިޔާ މަމްދޫޙު އިބްރާހީމްގެ ވާހަކަ "ޕަރީފެންގަނޑު" ނެރެފި

viber_image_2022-11-05_02-14-15-823
ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު، މަމްދޫޙު އިބްރާހީމްގެ ވާހަކަ "ޕަރީފެންގަނޑު" ނެރެދެއްވަނީ- ހުވަދޫ ފޮޓޯ: ނައުޝަމް ވަހީދު
މުހައްމަދު އަޚްތަރު
693ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަމްދޫޙު އިބްރާހީމްގެ ވާހަކަ "ޕަރީފެންގަނޑު" ރޭގައި ނެރެފިއެވެ.

ވާހަކަފޮތް ރަސްމީކޮށް ނެރެދެއްވީ ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރެވެ. ރޭ، ހ.ސޯސަންވިލާގެ ދިހަވަނަ ފަންގިފިލާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ނަން ހިނގާ، މަޝްހޫރު ފަރާތްތަކާއި ލިޔުންތެރިކަމަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އިތުރުން މަމްދޫޙު އިބްރާހީމްގެ ޢާއިލާއާއި އަދިވެސް އެހެނިހެން ފަރާތްތައް ބައިވެރިވެފައިވެއެވެ.

ވާހަކަފޮތް ނެރެދެއްވުމަށްފަހު މިނިސްޓަރ އަހްމަދު ސަމީރު ދެއްކެވި ވާހަފުޅުގައި، އިއްޔެއާ ހަމައަކަށް ޝެފެއްގެ މަގާމުގައި ހުރި ފަރާތަކުން ނުހަނު ހިތްވަރާއި މިންނަތާއެކު، އަދު ވާހަކަލިޔުންތެރިއަކަށްވެ، ދިވެހިބަހުގެ ނުހަނު ފުރިހަމަ މަސައްކަތެއް، އެހާމެ ހިތްގައިމު، ހުނަރުވެރި ކުރެހުންތަކަކާއި ޚިޔާލުތަކާއެކު، ކުރިން ނެތް، މުޅިން އާ ސިފައެއް ލާމުގެ އެފެންގަނޑަށް ވާހަކައެއް މެދުވެރިކޮށް ދިނުމަށް، މަމްދޫޙު އިބްރާހީމް ކޮށްފައިވާ މިފުރިހަމަ މަސައްކަތަށް ތަޢުރީފާއި ސާބަސް ދެއްވިއެވެ. އަދި ފޮތުގައި ގެނެސްދީފައިވާ މައިގަނޑު ވާހަކައިގެ އަސްލު ލާމު އަތޮޅު ގަމުގެ "ޕަރީފެންގަނޑަށްވެސް އަލި އަޅުވާލެއްވިއެވެ.

300 × 250

މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހި މުޖުތަމައުގައި ހިނގަމުންދާ އެތައް ކަންތައްތަކަށް ނަޒަރުހިންގަވަމުން، ކުދިންނާއި މައިންބަފައިންގެ ގުޅުންތަކާއި މުޖުތަމައުގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަމަށްވާ މަސްތުވާތަކެތީގެ ވަބާގައި ގެބެމުންދާ އެކިފުރައިގެ މީހުންނާ ބެހޭ ގޮތުންވެސް ޢިބްރަތްތެރި ކަންކަމަށް އަމާޒުކުރެއްވިއެވެ.

ހަމައެހެންމެ ،މަމްދޫޙު އިބްރާހީމަށް މުޖުތަމައުގެ މިފަދަ ކަންތައްތައް ހިމެނޭހެން އަނެކުންނަށް އިބްރަތް ލިބޭފަދަ ވާހަކަތައް ލިޔުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ހަމަ މިއީ މަމްދޫޙު އޭނާގެ މަންމައާއި މަރުހޫމު މަންމައަށްޓަކައި ކުރި މަސައްކަތަކަށްވެފައި މިކަމުގައި މަމްދޫޙުގެ މަންމައާއި ބޭބެގެ އެއްބާރުލުމާއި އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ މަމްދޫޙު އިބްރާހީމަށް މިހިސާބުން ނިންމާނުލުމަށާއި މިގައުމީ ހިދުމަތުގައި ދެމިހުރުމަށް ހިތްވަރު ދެއްވުމާއެކު، މަމްދޫޙު އިބްރާހީމްގެ ވާހަކަފޮތް ވިދާޅުވުމަށްފަހު އެމަނިކުފާނުގެ ޚިޔާލުފުޅާއި ކޮމެންޓް ދެއްވާނެކަމަށް ވިދާޅުވަމުންނެވެ. މަމްދޫޙު އިބްރާހީމްގެ ވާހަކަފޮތުގެ އެއްކޮޕީ ވަނީ މިނިސްޓަރަށް ހަދިޔާއަކަށް އެރުވިފައެވެ.

އޭގެފަހުގައި މަމްދޫހު އިބްރާހީމް އޭނާގެ މިދަތުރާ ބެހޭގޮތުން އޭނާގެ ތަޖުރިބާ ހިއްސާ ކުރިއެވެ. އެގޮތުން މަމްދޫޙު މިމަސައްކަތް ކުރުމަށް އެތައް ވަގުތަކާއި ހޭދައެއް އޭނާގެ ހަޔާތުގެ އެތައްކަމަކުން ގުރުބާންކުރިކަމަށާއި އެތަކެއް އަޑިގުޑަންތަކަކަށްފަހު އޭނާގެ މިވާހަކަ ފޮތް ނެރެވުނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަމަށާއި މިއީ އޭނާ ދިވެހިބަސް ކުރިއަރުވަން އެދިގެން ކުރި ހިތްވަރެއްކަމަށާއި އަލިފުލައިލާފަދަ ސިލްސިލާ ދެމިގެންދާފަދަ ގޮތަކަށް ޖާދޫއާއި ސިހުރާއި ބިރާއި އިބްރަތުން ފުރިފައިވާ ގޮތަކަށް އޭނާ ލިޔުނު މިހިޔާލީ ވާހަކައަކީ އޭނާގެ ފުރަތަމަ މަސައްކަތް ނަމަވެސް އިތުރު ފޮތްތަކުގެ މަސައްކަތް ކުރާނެކަމަށްވެސް ބުންޏެވެ.

viber_image_2022-11-05_02-14-16-049މަމްދޫޙު އިބްރާހީމްގެ ވާހަކަ "ޕަރީފެންގަނޑު" ނެރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައިވެރިންނާއެކު - ހުވަދޫ ފޮޓޯ: ނައުޝަމް ވަހީދު

ހަމައެހެންމެ މިއީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ރޭކަމަށާއި އެތަކެއް ދުވަސްވީ އުންމީދެއް ފުރިހަމަވެއްޖެކަމަށްވެސް ބުންޏެވެ. އަދި މިވާހަކައިގަ ލާމުގަމުގެ "ޕަރީފެންގަނޑެއް އޮންނަކަން ފިޔަވައި އެއްވެސް އެހެން ހަގީގަތެއް ނޯންނާނެކަމުގެ ޔަގީންކަންދެމުން މިއީ އޭނާގެ ވާހަކަތަކުގެ ފެށުންކަމަށްވެސް ބުންޏެވެ. އަދި އެހިސާބަށް އާދެވުނީތީ އޭނާ އިންތިހާއަށް ޝުކުރުވެރިވިއެވެ.
ރަސްމިއްޔާތު ނިންމާލެވުނީ ރެއަށް ތައްޔާރުކޮށްފައިވާ ވަރަށްވެސް ފުރިހަމަ، އަދި އެހާމެ ރަހަ ރަނގަޅު ރޭގަނޑުގެ ކެއުމަކުންނެވެ.
ރޭގެ އެވަގުތުވެސް ރަސްމިއްޔާތަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިންވެސް ވާހަކަފޮތް ބައްލަވައިގެންފައިވެއެވެ.
416 ސޮފްހާގެ މިފޮތް، ބައްލަވައިގަތުމަށް މަމްދޫޙުގެ ނަންބަރު 7490506 އާ ގުޅުއްވުމުން ފޮތް ލިބިވަޑައިގަންނަވާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި