ރާއްޖޭގައި މުޅިން އަލަށް އޮންލައިން ލޯކަލް ޓޫރިޒަމް ވޯކްޝޮޕެއްް ބާއްވަން އިރުބެ އެކަޑަމީއިން ނިންމައިފިއެވެ.
އިރުބެ އެކަޑަމީން ހާމަކުރި ގޮތުގައި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ބޭއްވޭ ވޯކްޝޮޕެވެ. މިވޯކްޝޮޕްގައި ލޯކަލް ޓޫރިޒަމް ޚަރުދަނާކޮށް ކުރިއެރުމަށްޓަކައި ލޯކަލް ގެސްޓް ހައުސްތަކާއި ގެސްޓުން ރަށަށް ގެނައުމަށް ބޭނުންވާ އަމިއްލަ ފަރުދުންނަށް ހާއްސަ ކުރެވިގެން ބައިވެރިން ތަމްރީނުކުރެވިގެންދާނެއެވެ. އަދި ލޯކަލް ގެސްޓް ހައުސް އިސްތިހާރުކޮށް ރިޒަވޭޝަން ބަލަހައްޓައި ގެސްޓުން ހޯދުމަށް ތަމްރީނު ކުރުވުމުގެ އިތުރުން ގެސްޓުހައުސް އޮޕަރޭޓުކުރާނެގޮތް މިވޯކްޝޮޕްގައި ކިޔައިދެވޭނެއެވެ.
އަދިހަމައެއާއެކު މި ކޯސް ނިންމާ ބައިވެރިންނަށް އާމްދަނީ ހޯދުމުގެ ގޮތުން ޕާޓްޓައިމްކޮށް ނުވަތަ ފުލްޓައިމްކޮށް ގެސްޓުން ގެނެސްގެން ރަށުގެ ގެސްޓުހައުސްތައް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާނެ ތަމްރީނުތައް ލިބިގެން ދާނެއެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މިވޯކްޝޮޕްގައި ބައިވެރިވެވިދާނެއެވެ. އަދި މީގެކުރިން އެއްވެސް ވަރަކަށް ގެސްޓުހައުސް ވިޔަފާރީގައި ތަޖުރިބާއެއް ނެތްކަމުގައިވިޔަސް މި ވޯކުޝޮޕުގައި ބައިވެރި ވެވޭނެއެވެ.
18 ނޮވެމްބަރ 2022 ގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގެ ފީއަކީ ޖުމުލަ 1375 ރުފިޔާއެވެ. އިރުބެ އެކަޑަމީގެ ހުރިހާ ދަރިވަރުންނަށް 10 އިންސައްތަ ޑިސްކައުންޓު ލިބިގެންދާނެއެވެ.
ކިލާސްތައް ފެށޭނީ 18 ސެޕްޓެމްބަރ ރޭގަނޑު 9:30 ގައެވެ
ދެހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިކުރު ވޯކުޝޮޕުގައި ލެކްޗަރެއްގެ ގޮތުގައި އުޅޭނީ އިރުބެ އެވެ. މީގެ އިތުރުން ވެސް މި ދާއިރާގައި ފުންނާބު އުސް ބޭފުޅުންވެސް މި ވޯކުޝޮޕުގައި ބައިވެރި ވާނެއެވެ. ކިވައި ދެއްވާނީ ދިވެހި ބަހުން ރަނގަޅަށް ފަހުމްވަންދެނެވެ.
ރަޖިސްޓުރީ ވުމަށް ތިރީގައިވާ ފޯމް ފިލުކޮށްލާށެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް 9407991 ގުޅުއްވާ! ވީހާވެސް އަވަހަށް ފޯމު ފުރާލެއްވުން އެދެމެވެ.
https://forms.gle/CFb4rVuD5g8pq5VX6
ހިލޭ އިންޓުރޯގެ ދެވަނަ ބައިބެލުމަށް ބޭނުންނަމަ ވައިބަރ އިރުބެ އެކަޑަމީ ކޮމިއުނިޓީއަށް ވަންނަވާ!
https://invite.viber.com/...
މި އެކަޑަމީއިން މީގެ ކުރިން އޮންލައިންކޮށް ވިޔަފާރިކުރުމަށް ތަމްރީނު ކުރުވައި ރާއްޖެއަށް މުޅިން އަލަށް ވިޔަފާރިވެރިން ތަކެއްވަނީ އުފައްދާ ނެރުއްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.