1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްއެންޑީއެފްގެ ހިމާޔަތުގައި ޔޯގާ ކުރި ކަމަށް ބުނާ ވީޑިޔޯއެއް އާންމުކޮށްފި

IMG_20221113_093928_717-850x548
ހުޅުމާލޭގައި ޔޯގާގެ ހަރަކާތް ހިންގި ކަމަށް ބުނެ އާންމުކުރި ވީޑިޔޯގެ މަންޒަރެއް
ޢަޒީޒާ އަފީފް
502ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްއެންޑީއެފްގެ ހިމާޔަތުގައި ހުޅުމާލޭގައި ޔޯގާ ހިންގި ކަމަށް ބުނެ ވީޑިޔޯއެއް އާންމުކޮށްފިއެވެ.

ޝައިޚް އާދަމް ނިޝާން ރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ ހެދުނު ހުޅުމާލޭގައި އެމްއެންޑީއެފުން ހިމާޔަތް ދީގެން ހިންދީ ދީނުގެ ޔޯގާ ޙަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން" ހެދުމަށް، ފުރުޞަތު ދީފައިވާ ކަމަށެވެ. މިޓްވީޓާއެކު ޝައިހް ނިޝާން ވަނީ ވީޑިޔޯއެއް އާންމުކޮށްފައެވެ.

https://twitter.com/adamnishanali/status/1591501099038801920?s=20&t=Cn6fZ0cupPs_INp-AzEEng

300 × 250

 

މިވީޑިޔޯއިން ފެންނަ ގޮތުގައި ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދާ ވީ ފަރާތަށް ކުރިމަތިލައިގެން އިދެ ޔޯގާގެ ހަރަކާތް ކުރިޔަށް ގެންދައެވެ. އަދި ސެކިއުރިޓީ ގާޑުން ތަންކޮޅެއް ދުރުގައި ތިބި މަންޒަރު ވެސް ފެނެއެވެ.

ރާއްޖެ ކަހަލަ މުސްލިމް ޤައުމެއްގެ ފަސްގަނޑުން މިފަދަ ޝިރުކުގެ އަމަލުތައް ހިންގަމުންދާތީ ޝައިހް ނިޝާން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ އަމަލުތަކަކީ ދީނީ ގޮތުން ހުއްދަ އަމަލުތަކެއް ނޫންކަމަށް ޝައިހް ވަނީ ވިދާޅުވެފައެވެ.

އެހެން ދީންތަކުގެ މިފަދަ ޝިރުކުގެ ޢަމަލުތައް ކުރުމަށް ފުރުސަތު ދިނުމަކީ ޤާނޫނީ ގޮތުން ވެސް މަނާކުރެވިފައިވާ ކަމެއްކަން ޝެއިޚް ނިޝާން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީގޮތުންނާއި ޤާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެންވަނީ މިފަދަ ކަންކަން ހުއްޓުވުންކަމަށްވެސް ޝެއިޚް ނިޝާން ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ފުލުހުންގެ ހިމާޔަތުގައި މިފަދަ ޝިރުކުތައް ކުރުމަށް ފުރުސަތުދީ އެ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ހިމާޔަތްދީ ހަދާ މީސްތަކުން މާދަމާ އެ މުޝްރިކުންނާއި ޝިރުކުގެ ޢަމަލުތަކާއެކު މަޙްޝަރު ވާން ބޭނުންވަނީތޯ އާއި ތިމަންމެން އެކަން ކުރީ ތިމަންމެންގެ ވެރީންނާއި ބޮޑުން އަންގައިގެނޭ ބުނެ ސަލާމަތްވާނޭ ކަމަށް ހީކުރަނީތޯ ވެސް ޝައިހް ނިޝާން ވަނީ ސުވާލު ކުރައްވައިފައެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އައްޒަ

    އިޓް ނޮޓް "ވީޑިޔޯ" އިޓްސް "ވީޑިއޯ"

ގުޅުންހުރި