1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑޮކްޓަރަކު ގެއްލިގެން ހޯދަން ފަށައިފި

img_md_202012240249261608803366.3741
ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލް
ޢަޒީޒާ އަފީފް
2,822ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީޑީޔާއަށް މައުލޫމާތު ދެއްވަމުން ޅ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވީ އެހޮސްޕިޓަލުގައި މަސައްކަތްކުރާ ސާޖަންޓަކު ކުއްލި ގޮތަކަށް ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވި ގޮތުގައި މި މަހުގެ 19 އިން ފެށިގެން ޑޮކްޓަރުގެ ހަބަރެއް ނުވެއެވެ. އަދި ޑޮކްޓަރު ސީދާ ފިލީކަމެއް ނުވަތަ ކަމެއް ދިމާވީ ކަމެއް ސީދާ ބުނަން ނޭގޭ ކަމަށް މެނޭޖަރ ވަނީ ވިދާޅުވެފައެވެ.

300 × 250

ޑޮކްޓަރު ދިރިއުޅެމުން އަންނަ އެޕާޓްމެންޓުގައި މިހާރު ނޫޅޭ ކަމަށާއި ފޯނުވެސް ނިއްވާލާފައި އޮތްކަމަށް ވަނީ މައުލޫމާތު ދީފައެވެ.

މިމައްސަލަ މިހާރުވަނީ މިނިސްޓްރީއަށް އަންގާފައެވެ. އެހެންކަމުން ހދ.ދިއްދޫގައި ހުންނަ ހޮސްޕިޓަލުން އޮޕަރޭޝަން ޑޮކްޓަރެއް ނައިފަރު ހޮސްޕިޓަލަށް ފޮނުވުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޑޮކްޓަރު ގެއްލުމާއި ގުޅިގެން ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. އެހޮސްޕިޓަލުގައި އެޑޮކްޓަރު މަސައްކަތްކުރާތާ މިހާރު ތިންމަސްވަނީ ވެފައެވެ. އެދުވަސްތަކުގައި ޑޮކްޓަރުގެ ފަރާތުން އެއްވެސް ކަހަލަ ޝަކުވާއެއް ނާންނަކަމަށް ހޮސްޕިޓަލުގެ މެނޭޖަރުވަނީ ވިދާޅުވެފައެވެ.

ޑޮކްޓަރުން ފިލުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ. މިދިޔަ ފެބްރުއަރީ މަހު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައ ވިދާޅުވީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ފަސް ޑޮކްޓަރުން ފިލާފައިވާ ކަމަށެވެ. ޑޮކްޓަރުން ފިލަނީ ކީއްވެގެން ކަމެއް ނޭނގޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި