ގދ ތިނަދޫގައި ޔަމަހާ އިންޖީނު ހިލޭ މަރާމާތުކޮށް ސަރވިސް ދިނުމުގެ ޚާއްޞަ ކޭމްޕެއް އެލިއާ އިން ފަށައިފިއެވެ.
ޔަމަހާ ބްރޭންޑް ގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ އެލިއާ ކުންފުނީގެ ދެކުނު ހުވަދޫގެ މާރކެޓިންގ އޮފިޝަލް މުހައްމަދު ޒައިދު "ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެއިން ފަށައިގެން މި މަހުގެ 27 އަށް ތިނަދޫ ގައި ކުރިޔަށް ގެންދާ ކޭމްޕް ގައި ކަނޑު އުޅަނދު ތަކުގައި ބޭނުން ކުރަމުން އަންނަ އަދި މަރާމާތަށް ނަގާފައި ހުރި އިންޖީނުތައް ސަރވިސް ކުރުމަށް 12 މީހުންގެ ޓެކްނިކަލް ޓީމެއް ތިނަދޫ ބަނދަރު ސަރަހައްދުގައި ކޭމްޕް ޖަހައިގެން ތިބެ ހަރަކާތްތެރި ވާނެ ކަމަށާއި މި ކޭމްޕުގައި އޮޑި ދޯނި ފަހަރާއި ލޯންޗް ތަކަށް އަރައި އޭގެ އިންޖީނު ބަލާ ޗެކް ކޮށް ސަރވިސް ދޭން ޖެހޭ ނަމަ އެއްވެސް އަގަކާއި ނުލާ ކޮށްދޭނެ ކަނަށެވެ.
މިހާރު ގދ.ތިނަދޫގައި ކުރިއަށްދާ ޔަމަހާ ކޭމްޕުގެ ތެރެއިން.---ފޮޓޯ؛އަހުތަރު
މިހާރު ގދ.ތިނަދޫގައި ކުރިއަށްދާ ޔަމަހާ ކޭމްޕުގެ ތެރެއިން.---ފޮޓޯ؛އަހުތަރު
" ހުވަދު އަތޮޅަކީ ޔަމަހާ އިންޖީނު ބޭނުން ކުރާ ފަރާތްތައް ގިނަ ހިސާބެއް. ޚާއްޞަ ކޮށް ގދ, ތިނަދޫ ގައި އެކަނި ވެސް 80 އަށް ވުރެ ގިނަ އިންޖީނު ގެންގުޅޭ. މިގޮތަށް އައިސް ތިބެ އިންޖީނު ތައް ބަލައި ސަރވިސް ދިނުމަކީ އިންޖީނު ގެންގުޅޭ ފަރާތްތަކަށް އަދި ކުންފުންޏަށް ވެސް ލިބޭ އިތުބާރަކާ ހިންހަމަޖެހުމެއް " ޒައިދު ވިދާޅުވިއެވެ.
ތިނަދޫ ދެކުނު ފަރާތު ފަރުމަހަށް ޚާއްޞަ ޑިންގީ އުޅަނދު ފަހަރަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގެ ޖެޓީގައި އެލިއާ އިން މިހާރު ކުރިޔަށް ގެންދާ ކޭމްޕަށް ގިނަބަޔަކު ދަނީ ޒިޔާރަތް ކޮށް ޚިދުމަތައި މަޢުލޫމާތު ލިބިގަންނަމުންނެވެ.
ޔަމަހާ ބްރޭންޑް އަކީ ރާއްޖޭގެ ގިނަބަޔަކު އިތުބާރު ކުރާ ނަމެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.