ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް ކުރުން އަންނަ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފި އެވެ. ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިން ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. ދައުވާގެ އަޑުއެހުންތައް ނިންމާލައިފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.
މި މައްސަލައިގެ ހުކުމް އިއްވަން ހަމަޖައްސާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މި ދައުވާ ތަަކުގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.