ގދ ތިނަދޫ އޮފީހުގެ ނަންބަރު: (22 ނޮވެމްބަރ 2010) Q10C/2010/61 އިޢުލާނުގެ ދަށުން، ގޯތި ލިބުނު ކަމަށް ބުނާ ގދ ފަރެސްމާތޮޑާ/ އެޕްރީލް، ހުސެއިން ޝާކިރަށް ލިބުނު ކަމަށް ބުނާ ގޯތީގެ ގުރުއަތު ނަންބަރު ބާތިލުކުރުމަށް ކައުންސިލުން ނިންމައިފިއެވެ. ހުސައިން ޝާކިރު، އެޕްރިލް/ގދ ފަރެސްމާތޮޑާ އަށް ލިބުނު ކަމަށް ބުނާ ގޯތީގެ ގުރުއަތު ނަންބަރު ބާޠިލު ކުރަން ނިންމަން ޖެހުނު ސަބަބެއްކަމަށް ކައުންސިލުން ހާމަކޮށްފައިވަނީ

  1. ހުސައިން ޝާކިރު ގޯއްޗަށް އެދި ފޯމު ހުށަހަޅާފައި ވަނީ ތިނަދޫ އޮފީހުގެ ނަންބަރު:(22 ނޮވެމްބަރ 2010) Q10C/2010/61 އިޢުލާނުގެ ދަށުން ފޯމު ހުށަހަޅަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަފަހުންކަމާއި، އަދި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޤުރުއަތު ނަންބަރު ގޯތި ލާޖައްސާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤު ރިޕޯޓުގައި ފާހަގަ ކޮށްފައި ވުން.
  2. ހުސައިންޝާކިރުއަށް ގުރުއަތުން ލިބުނުކަމަށް ބުނާ ގޯތި އެފަރާތަށް ދޫނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު         123-C4/415/2017/17 ސިޓީން މި ކައުންސިލަށް ލަފާ ދީފައި ވުން.

ބުނެވިދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެންމެ މަޞްލަޙަތު ހުރި ގޮތަކީ ހުސައިން ޝާކިރުގެ ނަމުގައި ނަގާފައިވާ ގުރުއަތު ނަންބަރު ގޯތި އެހެން ފަރާތަކަށް ލިބިފައިވާ ގޯއްޗަކާ ލާޖައްސާފައިވީ ނަމަވެސް، ލާޖައްސައިގެން ހުސައިން ޝާކިރު، އެޕްރީލް/ގދ ފަރެސްމާތޮޑާއަށް ލިބުނު ކަމަށް ބުނާ ގޯއްޗަކީ ގުރުއަތުން ލިބުނު ގޯތި ކަމަށް ބަލައި، އެ ގުރުއަތު ނަންބަރު ބާތިލު ކުރުމަށް، މި ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު ހދ ކުޅުދުއްފުށީ ސިޓީ ކައުންސިލު އިދާރާގައި ބޭއްވި، ކައުންސިލުގެ 73ވަނަ ރަސްމީ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.