ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން މިއަދު ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް، މުޖުތަމައުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ދެވޭ މުހިންމު އެވޯޑެކެވެ. މި އަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަ ދާއިރާއަކުންނެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ތިން ފަރާތަކަށާއި، ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދޭ ފަރާތްތަކުގެ އިތުރުން، ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން ސަރުކާރު އަދި އަމިއްލަ ދެ ފަރާތަކަށް އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއަކަށާއި، ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އެއް ފަރާތަކަށް އަދި އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވާ ސަރުކާރު އަދި އަމިއްލަ ދެ ކުންފުންޏަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނޮމިނޭޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.