1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަލިފާނުގެ އަނެއްހާދިސާ، އިވްނިންގކެފޭބަދިގެ ރޯވެއްޖެ

354419_3_456d9ea9bfa9227da501b3b93382711dbe8f1a1f_large
ޝާމިން ސަޢީދު
480ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިރޭ އިރާކޮޅު މާލެސިޓީގެ އޯކިޑުމަގުގައި ހުންނަ އިވްނިންގް ކެފޭގެ ބަދިގޭގައި ރޯވެެއްޖެއެވެ.

ރޯވީ އިވްނިންގ ކެފޭގެ ބަދިގޭގައި ނަމަވެސް އެކެފޭގެ މަތީގަ ޑެގް އަޅައިގެން ހަދާފައި ހުރި ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެފައި ވާތީ، އެތަނުގެ ފާރާ އިންވެގެން ހުރި ގެތަކުގެ މީހުން ހުސްކުރުމަށް ފުރަތަމަވެސް މަސައްކަތް ވަނީ ފަށާފައެވެ.

ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އިވްނިންގ ކެފޭގެ ބަދިގޭގެ ފާރާ އިންވެގެން ހުރި ގޭބީސީތަކުގެ މައުލޫމާތު ނެގުމާއިއެކު އެ ގެތަކުގެ މީހުން ގޭގެއިން ބޭރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

300 × 250

އާއިލާތައްގެތަކުން އާއިލާތައް ބޭރަށް ނެރެވިފައި

އަދި ކެފޭގެ ވަށައިގެން ހުރި ގެތަކުން މިހާރު ވަނީ މީހުން ހުސްކުރެވިފައެވެ.

ގެބަްދފނުހުޖހގޖގހޖހާލަތު ދެރަވި މީހަކު ގެންދަނީ ފޮޓޯ: ޝާމިން

މަންޒަރު ފެނުނު ބައެއް އުމުރުން ދުވަސްވީ މީހުން ހެއަށް ގޮތް ވެ އެމްބިއުލާންސުގައި ވަނީ ގެންދެވިފައެެވެ.

މީހުން ރައްކާތެރިކަމާއެކު ނެރެވުމަށްފަހު މިހާރު ގޭގެއަށް ވަނުމުގެ ހުއްދަ ދޭން ފަށައިފިއެވެ. އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބިފައިވާ ކަމަކަށް އަދި މައުލޫމާތެއް ނުލިބެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވި މީގެ އިރުކޮޅެއް ކުރިން ނިވާލެވިއްޖެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ލިބިފައިވެއެވެ. އަދި މިހާރު އިތުރު އެއްވެސް ނުރައްކަލެއް އޮތްތޯވެސް ބަލާ ޗެކްކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް މާލޭގެ އެކި ހިސާބުތަކުގައި ކުއްލި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި