ހޯނޑެއްދޫ "ޗައިލްޑް ލައިޓް" ދަރިވަރުންނަށް ވެސް ގދ ނަޑެއްލާ ، އިބްރާހީމް ނާފިޒް (ޗިކާ) ގެ ދީލަތި އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހޯނޑެއްދޫ ގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް އިތުރު ތަޢުލީމުގެ ފުރުސަތު ދިނުމުގެ މަޤްޞަދުގައި ހިނގަމުންދާ ޗައިލްޑް ލައިޓް ސްކޫލް ގެ އިސް ވެރިޔާ މުހައްމަދު ރިޒާ ހުވަދޫ މީޑިއާ އާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ރޭ ގެ ވަގުތެއްގައި ޗިކާގެ ފަރާތުން އެ ސްކޫލަށް ދެއްވި އެހީ ގެ ތަކެއްޗަކީ އެތަނަށް ނިހާޔަތަށް ބޭނުންވާ ފައިވާ ތަކެތި ކަމަށާއި އަކަށް ފަށައިގެން ކުރިޔަށް ދާން މަސައްކަތް ކުރާ ބައެއްފެ ގޮތުގައި އެކަން ފާހަގަ ކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ރޭ "ޗައިލްޑް ލައިޓް ފައި ކުރިޔަށް ދިޔަ ކުޑަ ހަފްލާ ގައި އެ ސްކޫލަށް ބޭނުންވާ ޓީވީ އާއި ކޮމްޕިއުޓަރާ ގުޅުން ހުރި ތަކެތި ޙަވާލު ކޮށްދެއްވީ އިބްރާހީމް ނާފިޒް (ޗިކާ) އެވެ.

ޗިކާގެ ފަރާތުން ގދ ހޯނޑެއްދޫ ގެ އިތުރުން މި އަތޮޅު ނަޑެއްލާ އަދި މަޑަވެއްޔަށް ތަރައްޤީ އާއި ކުރިއެރުމަށް ބޭނުންވާ އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަ ކުރެވެއެވެ.

"ޗައިލްޑް ލައިޓް" އަކީ މީގެ 6 މަސް ކުރިން ހޯޑެއްދޫ ގައި އަމިއްލަ ފަރާތަކުން ހިންގަން ފެށި ތަޢުލީމީ ހިޔާ ވައްސެކެވެ. އެކި އުމުރުގެ ގިނަ ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ މިތަން ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ ހިސާބު ގައެވެ.