1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނިމުނުއަހަރު ފަރުވާއަށްފަހު 200އަށްވުރެ ގިނަ ރިކަވަރިންއެޑިކްޓުން މުޖުތަމައަށް

މުހައްމަދު އަޚްތަރު
301ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަރުވާ ފުރިހަމަ ކުރުމަށްފަހު، މިދިޔަ އަހަރު 242 މީހުން މުޖުތަމައަށް ނެރެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.


އެންޑީއޭއިން މިދިޔަ ހޯމަ ދުވަހު ޓުވިޓާގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި ބޭނުންކުރާ 1،017 މީހަކު ވަނީ ފަރުވާ ހޯދައިފައެވެ އެގޮތުން 242 މީހަކު ފަރުވާ ނިންމާފައިވާ އިރު، 775 މީހުން އަދިވެސް ދަނީ ފަރުވާ ހޯދަމުން ކަމަށް ތަފާސްހިސާބުގައި ބުނެފައިވެއެވެ.

300 × 250

އެންޑީއޭގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސެންޓަރުތަކުން މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު:

  • ހުޅުމާލޭ ހާފްވޭ ހައުސް: 143 މީހުން
  • ގަން ކްލިނިކް: 89
  • މާލެ ކޮމިއުނިޓީ ސާވިސް ސެންޓަރު: 317 މީހުން
  • ކ. ހިންމަފުށީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު: 146 މީހުން
  • ސ. ހުޅުދޫ ވިލުނު ސެންޓަރު: 36 މީހުން
  • ގއ. ވިލިނގިލި ދަގެނާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު: 19 މީހުން
  • ހުޅުމާލޭގެ ސެމީ ރެސިޑެންޝަލް ހާފްވޭ ހައުސް: ހަ މީހުން
  • ފުވައްމުލަކު ސިޓީގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު: 55 މީހުން
  • ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރު: 111 މީހުން
  • ހުޅުމާލޭ ހާފްވޭ ހައުސް ފީމޭލް ރީހޭބިލިޓޭޝަން ސެންޓަރު: ހަތް މީހުން
  • ޗިލްޑްރަންސް ކޮމިއުނިޓީ ރިހޭބިލިޓޭޝަން ސާވިސް: ތިން ކުދިން
  • ކ. ގުޅި ސެންޓްރަލް ޑިޓޮކްސިފިކޭޝަން ސެންޓަރު: 16 މީހުން

ދައުލަތުގެ ހިންގުމުގެ އޮނިގަނޑަށް 2021 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ވަނީ ބަދަލު ގެނެވިފައެވެ. މިބަދަލަކީ އެންޑީއޭ ވަނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމެވެ. ހެލްތު މިނިސްޓްރީން ވަނީ އެންޑީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ނޭޝަނަލް ޑްރަގް އެޖެންސީ ބޯޑު އެކުލަވާލައިފައެވެ. އެ ބޯޑު ހިންގާނީ ހެލެތް މިނިސްޓާގެ އިރުޝާދުގެ ދަށުންނެވެ.

މީގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްގެން ހާފްވޭ ހައުސްއެއް ވަނީ ދާދިފަހުން ހުޅުމާލޭގައި ހުޅުވާފައެވެ. އަދި މިހާރުވެސް އެތަނުގައި ކްލައިންޓުން ފަރުވާނަގަމުން އެބަ ގެންދެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު އަދިވެސް މަދެއް ނޫނެވެ. އަދި ހަމައެހެންމެ، އެ ވަބާ އިން ދުރުވުމަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރެއިން ފަރުވާ ނުފެށި ކިއުގައި ގިނަ ބަޔަކު އަދިވެސް އެބަ ތިއްބެވެ.

އަދިވެސް މެތަޑޯންގެ ފަރުވާއަކީ ކާމިޔާބު ފަރުވާއެއްގެ ގޮތުގައި އެ އެޖެންސީއިން މިހާރު ހިންގަމުންދާ ދުނިޔޭގެ ފެންވަރުގެ އިތުބާރު ހުރި ފަރުވާއެކެވެ. މިފަރުވާގައި މިހާރުވެސް އެތައް ދެ ޖިންސުގެ ޒުވާނުން އަންނަނީ މަސްތުން ދުރުވެ ތިބުމަށް މަސައްކަތް ކުރުމާއެެކު އެކަށީގެންވާ ރަނގަޅު ވަޒީފާވެސް އަދާ ކުރަމުންނެވެ. އެންޑީއޭ އިން ފަހަކަށް އައިސް މި ގެނައި ބަދަލުތަކުގެ ސަަބަބުން ގިނަ ޒުވާނުންތަކެއް މުޖުތަމައުގައި ބޭނުންހިފޭ ފަދަ ބަޔަކަށް ވަމުންދާކަން ފާހަގަ ކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި