ގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު 9 ގައި، ވާދަކުރުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އަށް
މި އަހަރުގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އޮގަސްޓު 9 ގައި އިއުލާން ކުރާއިރު، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރަން ދެވޭ ރަސްމީ މުއްދަތެއްގެ ގޮތުގައި އޮގަސްޓު 10 އިން ސެޕްޓެމްބަރު 8 އާ ހަމައަށް ވަނީ ކަނޑައަޅައިފައެވެ.
މިފަހަރު އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ 280،000 މީހުންނަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އންތިޚާބުގައި ވޯޓުލާފައި ވަނީ ގާތްގަނޑަކަށް ނީ ގާތްގަނޑަކަށް 262،000 މީހުންނެވެ. މާލެ އާއި ރަށްތަކާއި ރިސޯޓްތަކުގައި މިފަހަރު 600 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ބެހެއްޓީ 472 ފޮއްޓެވެ.
2023 ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އާއި ހަމައަށް ހުޅުވާލާނެއެވެ.






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.