ވާދޫގައި ހެރިޓޭޖް ގެ ލައިބްރަރީ ހެދުމުގައި 30 އަހަރު ވެފައިވާއިރު އަދުގެ ކައުންސިލްގެ އަމާޒަކީ އަވަހަށް އެތަން ނިންމުމެވެ.
ގދ ވާދޫގައި ހެރިޓޭޖް ގެ ލައިބްރަރީ ހެދުމުގައި މަސައްކަތް ކުރާތާ 30 އަހަރު ވެއްޖެ ކަމަށާއި ވާދޫ ކައުންސިލްގެ އަމާޒަކީ އަވަހަށް އެތަން ނިންމުން ކަމުގައި ކައުންސިލް މެންބަރު ސާރާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހުވަދޫ ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެންބަރު ސާރާ ވިދާޅުވީ ވާދޫ ގައި ރަށުގެ ތާރީޚަށް އަމާޒުކޮށް ޘަޤާފީ ތަރިކަ އާއި އާދަކާދަ ދައްކައިދޭ އަދި އެ މައުލޫމާތު ފެންނަހެން ފަރުމާ ކޮށް އިމާރާތް ކުރަމުންދާ 59 ފޫޓު 30 ފޫޓުގެ މި ލައިބްރަރީ އަކީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ފަހު 15 އަހަރުގެ ކުރީކޮޅު ގައި ބިންގާ އަޅައި މަސައްކަތް ފެށި ތަނެއް ކަމަށާއި މިހާތަނަށް އައި އިރުވެސް އެތަން ނިންމާ ނުލެވޭ ކަމަށެވެ. ސާރާ ވިދާޅުވީ އެތަނުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަކީ، ރާނާ ހިޔާ ކޮށް ދޮރު އަރުވާ ފައި ކަމަށެވެ. އަދި އެހެން އެގޮތަށް މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.
" ބާކީ އަދިވެސް ކުރަން މުހިންމު ގިނަ މަސައްކަތް އެބަހުރި, ދެން ހުރީ ފިނިށިންގ މަސައްކަތް, އަދި މިނިސްޓަރ ޔުމްނާ ވެސް ވަރަށް މަސައްކަތް ކުރައްވާ، ވީ އެންމެ އަވަހަށް މިތަން ނިންމާލަން." ސާރާ ވިދާޅުވި އެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން މެންބަރު ސާރާ ވިދާޅުވީ ވާދޫ ލައިބްރަރީ ގެ މަސައްކަތް އެއްކޮށް ނިންމުމަށް މިހާރުގެ ކައުންސިލް ރައީސް އާއި މެންބަރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެކަމަށް ކައުންސިލުން ކުރެވެން ހުރި ޚަރަދަކާއި މަސައްކަތްތައް ކުރެވޭތޯ އެންމެން ވެސް ބާރު އަޅާ ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރީ އޮފް ހެރިޓޭޖް ގެ އެހީ އާއި އެއްބާރުލުން ހޯދަން މީގެ ދުވަސް ކޮޅެއް ކުރިން ވެސް އޮންލައިން ބައްދަލުވުމެއް ބާއްވައި ވާހަކަ ދެއްކެވި ކަމަށާއި މިނިސްޓަރު ވިދާޅުވީ ފެނަކައިގެ އެހީ ހޯދާ ކުރިޔަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އަދި އިތުރު ޚަބަރެއް ނުވާ ކަމަށާއި މަސައްކަތް މި ވަގުތު ވެސް އޮތީ ހުއްޓިފައި ކަން ސާރާ ފާހަގަ ކުރެއްވެވިއެވެ.
މިސްކިތް މިހާރު ހުރި ގޮތް:
މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް 2021 ވަނަ އަހަރު ގެ ޑިސެމްބަރ 1 ވަނަ ދުވަހު ކޮށްފައިވާ ޓުވިޓެއް ގައި ބުނެފައި ވަނީ ވާދޫ ގައި ހަދަމުން ގެންދާ ލައިބްރަރީ ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ހުވަދު އަތޮޅު ވާދޫ އަކީ ބޮޑު ތާރީޚަކާއި ސަޤާފަތެއް އޮތް ރަށެކެވެ. އެގޮތުން ހަވިއްތަ ތަކާއި އަދި ޒިޔާރަތްތަކާއި އަދިވެސް އެފަދަ އިހުގެ އާސާރީ ތަންތަން ގިނަ ރަށެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.