ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްކުރީގެ ރައީސް އަދި ސިޔާސީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ހިޔާނާތުގެ މައްސަލަތަކުގައި، 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް އަންނަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ފެށޭ ހަފުތާގައި ހުށަހެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައްސަލައިގެ ތަފުސީލީ ރިޕޯޓުތަކާއި މަހުޟަރު ބަޔާންތައް އިދިކޮޅަށް ދީފައިވާއިރު އެ ރިޕޯޓުތަކަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި އެ ރިޕޯޓުތަކާއި ބަޔާންތައް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހުނު ކަމަށެވެ.

"އެއީ ވަރަށް ގޯސްކޮށް، ވަރަށް އާދަޔާހިލާފު ގޮތަކަށް ނިންމާފައިވާ ރިޕޯޓަކަށްވާތީ، ދަންނަވާލަން މި އުޅޭ ވާހަކައަކީ މި ރިޕޯޓް ވަރަށް ރަނގަޅަށް ދިރާސާކޮށް މީގައި ހުރި ކަންކަމާއެކީ ގައޭ އިސްތިއުނާފަށް ހުށަހެޅިގެންދާނީ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ވަނީ ނިމޭ މަރުހަލާގެ ތެރޭގައި، ފެށޭ ހަފުތާ ތެރޭގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދު މި ކުރަނީ އިސްތިއުނާފު ކުރިއަށް ގެންދަން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން ދޫކޮށްދިނުމަށްވެސް ހައިކޯޓުގައި އެދޭނެ ކަމަށެވެ.