1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުވަދޫ 8 ރަށެއްގައި 5 މަޝްރޫޢަކާއެކު އިތުރު 7 އަތޮޅު ގައި ޓުވަރިޒަމް ފުޅާ ކުރަނީ

ޝާމިން ސަޢީދު
571ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދު އަތޮޅުގެ 8 ރަށެއްގައި 5 މަޝްރޫޢު ޢަކާއި އެކު އިތުރު 7 އަތޮޅުގައި ޓުވަރިޒަމް ފުޅާ ކުރަން ސަރުކާރުން ނިންމަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ ބުނެފައި ވަނީ 9 އަތޮޅަކުން 14 ރަށަކާއި 3 ފަޅެއް އަދި ފަޅަކާއި އެއްކޮށް އޮތް ރަށަކާ އެކު ޖުމްލަ 18 ޕްރޮޕަޓީ (ތަން ނުވަތަ ރިސޯޓް) އަންނަ ހޯމަ ދުވަހު ބީލަމަށް ލާން ވަނީ ނިންމާފައިވާ ކަމަށެވެ

ފަތުރުވެރިކަމަށް ރަށާއި ފަޅު ދޫކުރުމަށް ހަމަޖެހިފައިވާ އަތޮޅުތައް:

300 × 250

ގއ. އަތޮޅު: 2 މަޝްރޫއު، 2 ރަށެއް
ގދ. އަތޮޅު: 3 މަޝްރޫއު، 6 ރަށެއް
ހއ އަދި ހދ އަތޮޅު: 3 ތިން ރަށެއް
މ. އަތޮޅު: 1 ރަށް
ތ. އަތޮޅު: 1 މަޝްރޫއު، 2 ރަށެއް
ކ. އަތޮޅު – 1 މަޝްރޫއު، 1 ފަޅު
ފ. އަތޮޅު – 2 މަޝްރޫއު، 2 ފަޅު
ރ. އަތޮޅު – 1 މަޝްރޫއު، ރަށަކާއި އަދި އެއްކޮށް އޮތް ފަޅު

އިތުރު ރަށްތަކެއް އަންނަ ހަފްތާގެ ތެރޭގައި ބީލަމަށް ލާން ސަރުކާރުން ނިންމާފައި ވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އަލަށް 5 ރިސޯޓު ހުޅުވާފައި ވާއިރު މިއަހަރު ތެރޭ އަލަށް 9 ރިސޯޓު ހުޅުވާނެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 60،504 އެނދު ހުރިއިރު އޭގެތެރޭގައި 172 ރިސޯޓުގައި ހުރި 41،945 އެނދު، 869 ހޮޓެލް، ގެސްޓްހައުސްގައި 14،018 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2901 އެނދު ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި