ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ ދޫކުރާ ލޯނާއި އިސްލާމިކް ފައިނޭންސިން ފެސިލިޓީގެ ލިމިޓް 1.2 މިލިއަނާ ހަމައަށް އިތުރު ކޮށްފިއެވެ.
ބީއެމްއެލުން މިއަދު ވަނީ އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލައި "ބީއެމްއެލް ލުއި ލޯނު"ގެ ނަމުގައި އެ ލޯނު ދޫކުރަން ނިންމައިފައެވެ.
އެ ބޭންކުން ބުނެފައި ވަނީ މިއަދު ގެނައި ބަދަލާއެކު ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް 1.2 މިލިއަނާ ހަމައަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ ކަމަށެވެ.
"ބީއެމްއެލް ލުއި ލޯނު" އަދި ފައިނޭންސިންއަށް އެދި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ބީއެމްއެލްއަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާ ފަދަ އަދި އުންމީދު ކުރާ ފެންވަރަށް ވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ބޭނުން މިއަދު ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.