1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ގެ ގްރީން ޒޯނުތައް ސާފު ކޮށް ރީތި ކުރުމުގެ މަސައްކަތް ފަށައިފި

viber_image_2023-01-25_15-59-44-419
ފޮޓޯ: މުހައްމދު އަހުތަރު، ހުވަދޫނިއުސް
މުހައްމަދު އަޚްތަރު
518ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިނަދޫ ގެ ގްރީން ޒޯނުތައްތައް ސާފު ކޮށް ރީތި ކުރުމުގެ މަސައްކަތް ތިނަދޫ ކައުނަސިލުން ފަށައިފިއެވެ.

ގދ ތިނަދޫ ކައުންސިލުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމި ދިޔަ ހަފުތާގެ ތެރޭގައި ފެށި މި މަސައްކަތުގެ ދަށުން ރަށުގެ ހުރިހާ ގްރީން ޒޯންތައް ސާފުކޮށް އިން ވަކިކޮށް ފާރު ރާނައި އެ ތަންތަނުގައި ވެސް ފެހި, ފިނި މައިޒާން ތަކެއް ގޮތަށް ބަދަލު ކުރެވޭނެ އެވެ. އެ ގޮތުން ހިޔާ ދޭ ގަސްތައް އިންދައި އިށީނދެ ތިބެވޭ ހެން ބެންޗުތައް ބެހެއްޓުމަށް ވަނީ ވިސްނާފަ އެވެ.

މި މަސައްކަތް ކުރަމުން ދަނީ ތިނަދޫ ކައުންސިލުގެ މުނިސިޕަލް ސެކްޝަނުންުންނެވެ.

300 × 250

viber_image_2023-01-25_16-00-47-995އެ ފޮޓޯ, ތިނަދޫ ކައުނަސިލް

ތިނަދޫ ގެ ގްރީން ޒޯނުތައް ހުންނާނެ ހެން ރަށުގެ ޗާޓު ހަދާފައި ވަނީ މީގެ 22 އަހަރު ކުރިން ތިނަދޫ ގައި ކުރިޔަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢު ގައި ރަށުގެ ހުޅަނގު ފަރާތާއި އުތުރު ފަރާތް ހިއްކުމަށް ފަހު އެވެ. މިހާތަނަށް އައި އިރު މިހާ ތަނަށް މީގެ އެއްވެސް ބިމެއްގައި ބެލެހެއްޓެނިވި މަސައްކަތްތައް ކޮށްފައި ނުވެ އެވެ.

ތިނަދޫ އަކީ ފަހުގެ ޕްލޭން ގައި ވަރަށް ގިނަ ފެހި ތަންތަން ހިމަނައިގެން ކުރަހާފައިވާ ރަށެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި