ރާއްޖޭގެ އެކި ފަންނާނުންނާއި ބޮލީވުޑް، ސައުތުއިންޑިޔާގެ ބައެއް ފަންނާނުންނާ ދެމެދު ކުޅޭ އެކުވެރިކަމުގެ މި ޓޯނިވަލް އަށް އެތައް ބަޔަކު ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައިސް މާދަމާރޭ ގަލޮޅުދަނޑުގައި މިބޭއްވެނީ މި ޓޯނިވަލްގެ އޯޕަނިންގ ސެރެމަނީއެވެ. އޭގެ ފަހުގައި މި ޓުއަނިވަލް
އިންޑިޔާގެ ކުންފުންޏަކުން އިސްނަގައިގެން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ފަންނާނުންނާއި ބޮލީވުޑްގެ މަޝްހޫރު، ކާމިޔާބު ފަންނާނުންނާއި ދިވެހިރާއްޖޭގެ އެކި ތަފާތު ފަންނާނުންނާ ދެމެދު ކުޅެވޭ ފުޓުބޯޅަ މެޗު، ޓޯނިވަލް ފެށުމުގެ ވަގުތު ކުޑަވަމުންދާ ވަރަކަށް މި އިވެެންޓުގެ އިންތިޒާރުގައި ތިބި ފަރާތްތަކުން ވަމުންދާ ތައްޔާރީތައް ދަނީ އިތުރު ވަމުންނެވެ.
މިޓޯނިވަލް އަކީ ސައުތުއިންޑިޔާގެ މަޝްހޫރު ފަންނާާނުންނާއި ބޮލީވުޑްގެ ނަން މަޝްހޫރު ފަންނާނުންނާއި ދިވެހިރާއްޖޭގެ އެކި ފަންނާނުންނާ ދެމެދު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެކެވެ. މާދަމާރޭ ގަލޮޅު ދަނޑުގައި ކުޅެވޭ މިމެޗަށް ވަނުމުގެ ޓިކެޓު މިހާރު ދަނީ ވިކެމުންނެވެ. ޓިކެޓެއްގެ އަގަކީ -/150 ރުފިޔާ އެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.