1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިކުރީ ހަނގުރާމަ؛ ނުރައްކާތެރިކަން މާ ބޮޑުު

Img_Page_14_Image_0001
ދިޔާނާ މުހައްމަދު
883ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމް ދީނުގެ އާދަކާދަ އާއި ޘަޤާފަތަށް އެކަމުގެ އަސަރު ފޯރުވަ އެވެ. އިސްލާމީ ރިވެތި އަޤީދާ ބަދަލު ކޮށްލަ އެވެ. ޓެކްނޮލޮޖީ އާއި މީޑިޔާގެ ޒަރިއްޔާ އިން ހުޅަނގުގެ ފެޝަންތައް ތަޢާރަފް ކުރުމުގެ ސަބަބުން މުސްލިމު ޒުވާން ޖީލު އެކަމަށް ހެއްލިދެ އެވެ. ކުލުނާއި އޯގާތްތެރިކަން ދެފުށް ދެގޮތްކުރުވައެވެ. ލޭ އޮހޮރު ވުމަކާއި ނުލައި އެމީހުންގެ މަޤުސަދު ޙާސިލްކުރެއެވެ. ކުޅިވަރުތައް މެދުވެރިކޮށްގެން އަޚްލާޤު ބަދަލު ކޮށްލައެވެ.

މީޑިޔާ މެދުވެރިކޮށް އިންސާނާގެ ސިކުނޑި އެފުށް މިފުށަށް ޖަހާލައެވެ. ވިސްނުމާއި ފިކުރިއްޔާތުގެ ނަޒަރިއްޔާ ބަދަލު ކޮށްލައެވެ. ދީނުގައި ކަންތައްތައް އޮންނަ ގޮތްނޫން އެހެން ގޮތްގޮތް ރީތިކުރުވައެވެ. އިންސާނާގެ ވިސްނުމަށް ނުފޫޒު ފޯރުވައެވެ.

މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފައްދައި މުޖުތަމަޢު ބައިބައި ކޮށްލައެވެ. ވަކި ބައެއްގެ ބާރާއި ނުފޫޒު ގަދަވެ އިންސާފާއި ހަމަހަމަކަން ނެތި ހިގާދެއެވެ. ބިރު ފަހަނާޅައި ހިގައިދެއެވެ.

300 × 250

އަޤީދާ ބަލިކަށިވެ ޢަދަބު އަޚްލާޤު ނެތިހިގައި ދެއެވެ. ގޮތްނޭގޭ ތަކެތި އެތެރެކުރެވި ހަލާލުކޮށް، އެއިން ނަފާހޯދައެވެ. އަދުލު އިންސާފުނެތިވެ، ރިޝްވަތު އާއްމު ވެދެއެވެ . މިހަނގުރާމާގައި ލިބޭ ޖިސްމާނީ ގެއްލުންތަކަށް ވުރެ ބޮޑަށް ނަފްސާނީ ގެއްލުންތައް މާބޮޑެވެ.ފިކުރީ ހަނގުރާމަ ކުރަނީ އިޢުލާން ކޮށްގެން ނޫނެވެ. ނޭގުމުގެ ތެރޭގައި ތިއްބާ އިސްލާމްދީނުގެ ޢަދުއްވުންނަށް މި ހަނގުރާމާގައި ނަޞްރުދަނީ ލިބެމުންނެވެ. ޢަދުއްވުން ވަނީ މިހާރު މިހަނގުރާމާގެ %99 ކާމިޔާބުކޮށްފައޭ ބުންޏަސް ދޮގަކަން ނުވާނެއެވެ.

މިކަމުގެ ސަބަބަކަށްވަނީ އަހަރުމެންގެ ދީނީ 'އަޤީދާ' ބަލިކަށި ވުމެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި