1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަތުރުވެރިޔަކު މަރުވި މައްސަލައިގަ ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފި

images (24)
ޝާމިން ސަޢީދު
805ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

 

ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގައި ހައްޔަރުކުރީ ޑިންގީ ދުއްވަން އިން މީހާ އެވެ. މި މީހާގެ އަތުގައި  ކަނޑުއުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށްވެސް ފުލުހުން ބުނެފިއެވެ.

300 × 250

މިދިޔަ އާދިއްތަ ދުވަހު ތުލުސްދޫ ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިޔާ ސްނޯކްލިއަންއަށް ގޮސް އުޅެނިކޮށް ތަންކޮޅެއް ނެރުން ބޭރަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގެ ބުރަފަތީގައި ޖެހިފައި ފަތުރުވެރިޔާ ވަނީ މަރުވެފައެވެ. އެ ހާދިސާގައި މަރުވީ ފިރިހެނެކެވެ. އެހެންނަމަަވެސް ވަކި ގައުމެއްގެ ވަކި އުމުރެއްގެ މީހެއްކަން އެނގިފައެއް ނުވެއެވެ. އަދި އޭނާ ޗުއްޓީއަށް ތުލުސްދުއަށް ދިޔައީ ކޮންއިރަކު ކަމެއް އަދި ހުރީ ކޮންތަނެއްގައި ކަމެއްވެސް އެނގިފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 30 ވަނަ ދުވަހު 45 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި، ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ އަކީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށާއި އޭނާ ދިހަ ދުވަހުގެ މުއްދަތަށް ގޭބަންދު ކުރުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި