ރާއްޖޭގައި މި އަހަރު ހުޅުވި ފުރަތަމަ ރިސޯޓް މ. މަޑިފުށި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގޮނޑުދޮށް ހެދުމުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފަައިވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓް ހިންގާ ކުންފުނި 20000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
މަޑިފުށި ރިސޯޓް ހިނގަނީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ވެސް ހިންގާ ކުންފުނިން ނެވެ.
މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ 'އީއައިއޭ' ފުރިހަމަ ނުކުރުމާއި ތިމާވެށީގެ ކްލިއަރެންސް ނުހޯދައި ކުރި މަސައްކަތްތަކާ ގުޅިގެން ކަމަށް އީޕީއޭ އިން ބުނެފައިވެއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއަށް އަންގާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.