އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ބޭސިކް ފަހާ ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ކުލާހަކަށް ބަހާލެވިގެންނެވެ. އެއީ ހިތަދޫ އެއް ކުލާސް، މަރަދޫ އަދި މަރަދޫފޭދޫ އެއް ކުލާސް، ފޭދޫ އެއްކުލާސް އަދި ހުޅުމީދޫ އެއް ކުލާހެވެ. މި ކޯހުގައި 16 ވައްތަރެއް ފަހަން ދަސްކޮށްދެވޭނެއެވެ.
ކޯހުގެ މުއްދަތަކީ 1 މަސް ދުވަހެވެ.
ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ކޯހުގައި ނަން ނޯޓުކުރުމަށް ސިޓީކައުންސިލުގެ އިދާރާގެ އިއުލާނުގައި އަންގާފައިވެއެވެ. އަދި ކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުމަށް އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ އިން ވަނީ އިއުލާންކޮށްފައެވެ.
މިއީ އެސިޓީގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އައްޑޫ ސިޓީގެ އަންހެނުންނަކީ ފުދުންތެރި ހުނަރުވެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އެ ކޮމިޓީއިން އިސްނަގައިގެން މި ކުރިއަށްދާ 2023ގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ކޯހެކެވެ.
އައްޑޫސިޓީގެ މާޒީއަށް ބަލާލައިފި ކަމަށް ވާނަމަ ފެހުމާއި ފެކްޓަރީ ހިންގުމާއި ހުނަރުވެރި ފެހުންތެރިންގެ މަސައްކަތްތައް ހާމަވެގެންދާނެ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.