ސީރިޔާގެ އުތުރުގެ ސަރަޙައްދާއި ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ރާއްޖޭގެ ހާއްސަ ފިޒީޝަން ޑރ. މުހައްމަދު އަލީ ތުރުކީއަށް ފުރާ ވަޑައިގެންފިއެވެ. ތުރުކީއަށް ފުރުމުގެ ކުރިން އެއާޕޯޓުގައި ނަގާފައިވާ ވީޑިއޯއެއްގައި ޑރ މުހައްމަދު އަލީ ވިދާޅުވީ ތުރުކީއަށް ދިޔުމަށް ނިންމާފައިވަނީ އެތަނުގެ ހާލަތު ދެނެގަތުމަށާއި އަދި ކިތަންމެ ކުޑަ ނަމަވެސް އެހީއެއް ފޯރުކޮށްދިނުމަށް ކަމަށެވެ. “ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންނަކީ ހާލުގައިޖެހިފައި ތިބި ބަޔަކަށް އެހީވުމުގައި އެންމެ ކުރީ ސަފުގައި ތިބޭ ބައެއް.” ވީޑިޔޯގައި ޑރ ވިދާޅުވެފައި ވެއެވެ. ޑރ މުހައްމަދު އަލީ އަކީ މިފަދައިން އިންސާނިއްޔަތަށާއި ދަރުމައަށް މަސައްކަތްކޮށް، ހާލުގައި ޖެހޭ ގައުމުތަކަށް ދަތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފާހަގަ ކޮށްލެވޭ ފަރާތެކެވެ. މީގެ ކުރިން ޑޮކްޓަރ ވަނީ އެއިޑްގެ ކެމްޕެއިން ދަތުރުތަކުގައިވެސް ބައިވެރިވެވަޑއ ސީރިޔާގެ ބަޔަކަށާއި ތުރުކީ އަށް ދާދި ފަހުން އައި މި ބިންހެލުމަކީ ފަހުގެ ތާރީޙެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ އެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި މި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބިންހެލުމާ ގުޅިގެން ގައުމުތަކުން ދަނީ މި ދެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ފްރޭންސިސް ޑެލްމާސް އިއްޔެ ވިދާޅުވީ ސީރިއާއަށް 13 މިލިއަން ޕައުންޑްގެ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހީ ފޮނުވަން ނިންމާފައިވަނީ ސީރިއާގެ ސަރުކާރު މެދުވެރިނުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ އެ ގައުމުގެ 10 ސިޓީއަކަށް ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާން ކުރައްވައިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.