ޝެއިހް ޝެއިހް އަލީ ޒައިދު ޕްރޮޑިއުސްކޮށް ކައުން އާއި ކުޑައިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯ ގުޅިގެންނެ ނެރުއްވާ ފުރަތަމަ އަލްބަމް "ކައިވެނި" މި މަހުގެ 18 ގައި ނެރެން ނިންމައިފި އެވެ.

މި އަލްބަމް ނެރެން ނިންމާފައިވާ ކަން އޭނަ ވަނީ އަލްބަމްގެ ކަވަރާ ވެސް އެކީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާ ފައިވެއެވެ.

ތާރައިގެ މިއުޒިކަށް ހަދާފައިވާ ކައިވެނީގެ ހަފުލާތަކަށް ހާއްސަ 16 މަދަހަ ހިމެނޭ "ކައިވެނި" އަލްބަމްގެ މަދަހަތައް ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހީމް، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އަދި ހުސައިން އަލީ ހިމެނެ އެވެ.

"ކައިވެނި" އަލްބަމްގެ ހުރިހާ މަދަހެއް ވެސް ޒައިދު ކޮމްޕޯޒް ކުރެއްވި އިރު، އޭނަގެ އަޑު ވެސް އަލްބަމުން އިވިގެން ދާނެ އެވެ.