މިދިޔަ ހޯމަ ދުވަހު ސީރިޔާގެ ބައެއް ހިމެނޭ ގޮތަށް ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މިހާތަނަށް 16 ތުއްތު ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށާއި އެކުދިން ވަނީ ތުރުކީގެ ވެރިރަށް އަންކަރާއަށް ގެންގޮސްފައި ކަމަށް އަލްޖަޒީރާގެ ރިޕޯޓަކުން ބުނެފި އެވެ.
ސަލާމަތް ކުރެވުނު ހުރިހާ ކުދިންވެސް ފެނިފައި ވަނީ އެ ހުރިހާ ކުދިންވެސް ބިންހެލުން އައި ކަހްރަމަންމަރާސް ޕްރޮވިންސުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ކަމަށް ތުރުކީގައި ހަރަކާތްތެރިވަމުން އަންނަ އަލް ޖަޒީރާގެ ނޫސްވެރިއަކު ތުރުކީގެ އިދާރާތަކާ ހަވާލާދީ ބުނެފައި ވެއެވެ. އަދި ހުރިހާ ކުދިންވެސް ދެނެގަނެވުނު ނަމަވެސް އެެއިން އެއްވެސް ކުއްޖެއްގެ އާއިލާއަކަށް އަދި ގުޅިފައި ނުވާކަމަށާއި މިހުރިހާ ކުދިންވެސް މިވަގުތު ތިބީ އައިސީޔޫގައި ދިރިހުރުމާ މަރާ ދެމެދުގެ ހާލަތެއްގައި ކަމަށްވެސް ނޫސްވެރިޔާ ބުނެފައިވެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެކުދިންގެ އާއިލާއާ ގުޅޭތޯއާއި ފެނޭތޯ މަސައްކަތްކުރާ ކަމަށެވެ. ދުވަސް ނުފުރާ ވިހާފައިވާ ކުދިންނަށް އައިސީޔޫގައި ފަރުވާ ދޭނެ ކަމަށާއި ބާކީ ދެން ތިބި ކުދިން ތުރުކީ ސަރުކާރުން ކަނޑައަޅައި ފޯސްޓާ މަންމައިންނާ ކަމަށްވެ އެވެ.
މީގެ ތެރޭގައި 28 ހަފުތާގައި ވިހާފައިިވާ ކުއްޖަކާއި 33 ހަފުތާގައި ވިހާފައިވާ ކުއްޖެއް ހިމެނޭ ކަމަށާއި އެ ކުދިންގެ ޓެސްޓުތައް ނިމުމުން, ޑިސްޗާޖު ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ތުއްތު ކުދިންނަށް ފަރުވާ ދޭ ހޮސްޕިޓަލުގެ ޗީފް ފިޒީޝަން ފެއިރް ކުލާލް އަލް ޖަޒީރާއަށް ވަނީ ވިދާޅުވެފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.