1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މެސީއާއި ރޮނާލްޑޯގެ އެތައް މިލިއަން ޑޮލަރުގެ އެހީއެއް ތުރުކީއާއި ސީރިޔާއަށް

ef
މުހައްމަދު އަޚްތަރު
3,099ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޕޯޗުގަލް އާއި އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 8 މިލިއަން ޑޮލަރު, އަދި އާޖެންޓީނާ އާއި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ 3.5 މިލިއަން ޔޫރޯ ހަދިޔާކޮށްފި އެވެ.

ހޯމަ ދުވަހުގެ ފަތިހު ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ އެތަކެއް އާއިލާތަކެއް ހާލުގައި ޖެހުނުއިރު، އެފަރާތަތްކަށް އެހީވުމަށް ދުނިޔޭގެ އެގި ގައުމުތަކުންނާއި އެކިއެކި ފަރާތްތަކުން ދަނީ ދީލަތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި ބިންހެލުމުގައި ހާލުޖެހުނު ފަރާތްތަކަށް 8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ރޮނާލްޑޯގެ އިތުރުން އޭނާއާއި އެންމެ ވާދަވެރި އާޖެންޓީނާ އަދި ޕީއެސްޖީގެ ތަރި ލަޔަނެލް މެސީ ވަނީ 3.5 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

300 × 250

ބިންހެލުމާ ގުޅިގެން ގައުމުތަކުން ދަނީ މި ދެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ.

ދާދި އިހަކަށް ދުވަހު ދިވެހިރާއްޖޭގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީވެސް ވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ތުރުކީއަށް ފުރާވަޑަައިގެންފައެވެ. ތުރުކީއާއި ސީރިއާގެ އެތައް އިމާރާތެއް ބިމާހަމަވެފައިވާ މި ބިންހެލުމުގައި އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ބިންހެލުމުގައި ފުނޑުފުނޑުވެގެން ދިޔަ އިމާރާތްތަކުގެ ދަށުން މީހުން ސަލަމާތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. މިހާތަނަށް ޖުމުލަ 23000 މީހުންގެ ފުރާނަ ގެއްލިގައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި މި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.    

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި