ފެބްރުއަރީ 4 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދާތާ 8 ދުވަސްވެފައިވާ އައްޑޫސިޓީ މަރަދޫފޭދޫ / ގަސްކަރަ، 31 އަހަރުގެ މުހައްމަދު އާސިރު އިސްމާއީލް އެންމެ ފަހުން ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލަށް ވަންނަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އާސިރު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދިވެސް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
"އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތަކާއި އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުގެ ފުޓޭޖުތައް ވެސް ބަލާފައިވޭ. އެގޮތުން ބެލިބެލުމުން، ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ރޭ 19:20 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަފު ފެނިފައިވޭ. އަދި އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލްއަށް މަޑުކުރުމުން މުހައްމަދު އާސިރު އިސްމާއީލް ޓާމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެނިފައިވޭ،" ފުލުހުން ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.