1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީޕީއެމް ސަމަދު ރާއްޖެ އަތުވެއްޖެ؛ ވިދާޅުވީ މަރާލިއަސް ޔާމީނާއެކުގައިކަމަށް

SUN
ފޮޓޯ: ސަން އޮންލައިން
ޢާއިޝަތު ޝިރުހާނާ
386ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓް ކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު މިއަދު ރާއްޖެ އަތުވެއްޖެއެވެ. ރާއްޖެ އައުމާއެކު ޗެނެލް 13 މެދުވެރިކޮށް ހާދިސާގެ ތަފުސީލާއެކު ސަމަދު ވިދާޅުވީ މަރާލިއަސް ޔާމީނަށް ކުރާ ތާއީދު ހުއްޓާ ނުލާނެ ކަމަށެވެ.


އަދި ސަމަދު ވަނީ އިންޑިޔާއިން އޭނާއާ ދޭތެރޭގައި ކަންތައް ކުރި އިހާނެތި ގޮތުގެ ބަދަލު ހޯދާނެކަމަށް ވެސް ވިދާޅުވެފައެވެ.

300 × 250

އާއިލާއާ އެކު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓާ އަބްދުއްސަމަދު އިމިގްރޭޝަނަށް ގެންދިޔަފަހުން ސަމަދު ވީ ތަނެއް ހޯދައިދިނުމަށާއި އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ ސަރުކާރަށް ގޮވާލާފައިވެ އެވެ. އޭގެ ފަހުން މިއަދު މެންދުރުފަހު 1:55ގައި ބެންގަލޫރުން އައި އެއާ އިންޑިއާގެ ފްލައިޓެއްގަ ސަމަދު ވަނީ ރާއްޖެ އައިސްފަ އެވެ.

މާލެ ވަޑައިގަތުމާއެކުހެން ޗެނަލް 13އަށް އިންޓަވިއުއެއް ދެއްވަމުން ސަމަދު ވިދާޅުވީ އިންޑިއާގެ އިމިގްރޭޝަން ކްލިއަރެންސާއި އެހެނިހެން ފާސްކުރުންތަކަށް ފަހު އެ ގައުމަށް އެތެރެވެފައި ވަނިކޮށް، އޭނާ ހިފަހައްޓާފައިވަނީ ޑޮކްޓަރަށް ދެއްކުމަށް މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ އިމިގްރޭޝަން ކަމަށް ބުނެ އައި ބަޔަކު ފާސް ދައްކާފައި އޭނާ ގެންދިޔައީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅޭ ކަމަށް ބުނެފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބެލިއިރު އެކަހަލަ މައްސަލައެއް އުޅޭކަމަކަށް ނުފެނެއެވެ. މިހެން ކަންތައް ވެފައި އޮތުމުން އޭނާ ގެންދިޔައީ "އޮޅުވާލައިގެން، މަކަރާ ހީލަތުން" ކަމަށް ސަމަދު ވިދާޅުވިއެެވެ.

އިންޑިއާގެ އޮފިޝަލުން، 18 ގަޑިއިރު ހަނު ތިބުމަށްފަހު ސަމަދު ކުށްވެރިވެފައި ކަމަށާއި އިންޑިއާއަށް އެރުމާއި އިންޑިއާގެ ތެރޭގައި އުޅުން މަނާ ކަމަށާއި ޖަލަށް ދާން ޖެހޭ ކަމަށް ބުނުމަށްފަހު ސަމަދުގެ ފޯނު އަތުލައި ބުނީ ފޯނު ބޭނުންނުކުރެވޭނެ ކަމަށެވެ.

އިންޑިޔާ އޮފިޝަލުންގެ ހަރަކާތްތައް ހުރި ގޮތުން ޑީޕޯޓުކޮށްލަން އުޅޭކަން އެނގުނު ކަމަށާއި އިމިގްރޭޝަން އޮފިސަރުން އޭނާ ހިފެހެއްޓި ނަމަވެސް އޭނާ ގެންދިޔައީ ފުލުހުންގެ ވެހިކަލަކަށް ލައިގެން ކަމަށް އެއާޕޯޓުން އޭނާއާ ބައްދަލުކުރީ ކޯޓުފަޓުލޫނުގައި ތިބި "ބޮޑު ފޯސް"އެއް ކަމަށް ސަމަދު ވިދާޅުވިއެވެ.

އިންޑިޔާއިން ސަމަދާމެދި ކަންތައްތައް ކުރީ ވަރަށް ހަރުކަށިކޮށް ކަމަށްވެއެވެ. އެގޮތުން ރަޖައެއް އަދި ކާއެއްޗެއް ނުދީ 18 ގަޑިއިރު ވަރަށް ފިނި ކޮޓަރިއެއްގައި ބޭންދިކަމަށާއި އެއާލައިނުން އައި މީހަކު ކާއެއްޗެއް ދިއްކޮށްލިއިރު ރަޖައެއް ލިބުނީ އެ ތަނުގައި އޮތް އެހެން މީހަކު ފުރުމުން ކަމަށް ސަމަދު ވިދާޅުވިއެވެ. އަދިވެސް ސަމަދު ވިދާޅުވީ އޭނާއަކީ ހިތުގެ ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލަށް ބޭސް ކުރާ މީހަކަށްވާއިރު ހަތަރު ދުވަސް ބޭސް ނުލިބި ވޭނުގައި އުޅެން ޖެހުނު ކަމަށެވެ.

މިހުރިހާ ސަބަބަކާހެސި ސަމަދު ވިދާޅުވީ އޭނާއަށް "ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން" ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުން ހޯދަން ބޭނުން ކަމަށެވެ.

ނުހަނު އަސަރާއެކު ސަމަދު ވިދާޅުވީ "އަޅުގަނޑު މަރާލިޔަސް، އަޅުގަނޑު ކަތިލިޔަސް، އަޅުގަނޑު ދަންޖެއްސިޔަސް، އަޅުގަނޑު ރައީސް ޔާމީނަށް ކުރާ ތާއީދު ހުއްޓައެއް ނުލާނަން. އެ މަނިކުފާނުގެ ފަހަތުގައި އަޅުގަނޑު ހުންނާނީ،" އަޒުމުގައި ހަރުދަނާ ކަމަށެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި