ފިލްމީ ތަރި ރިޝްފާގެ ޒާތީ ފޮޓޯތަކެއް ފުލުހުން ލީކްކޮށްލައިފި ކަމަށް ތުހުމަތުކޮށްފި އެވެ.
ފިލްމީތަރި ރިޝްފާ އޭނާގެ ސޯޝަލްމީޑިޔާ ފޭސްބުކް އެކައުންޓުގައި އޭނާގެ ފޯނު ވާނީ ފުލުހުންނާ ހަވާލު ކޮށްްފައި ކަމަށާއި ޕާސްވޯޑު އިތުރު އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް ބުނެ ތުހުމަތު ކޮށް ސުވާލު އުފައްދާފައި ވަނީ އޭނާގެ އަމިއްލަ ޒާތީ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އާންމުވާން ޖެހުނު ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދާފައެެވެ.
މި ގޮތަށް ކަންތައް ކޮށްފައިވާ ބަޔަކަށް އިތުބާރު ކުރާނީ ކިހިނެއްތޯ ސުވާލުކޮށް އެކަމުގެ ސަބަބުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށާއި، އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ވެސް އެ ޕޯސްޓުގައި ރިޝްފާ ސުވާލު ކޮށްފައިވެއެވެ.
ކޯޓުންކުރި އަމުރަށް ތަބާވެ ތަހުގީގަށް އެއްބާރު ލުމަށް އޭނާ ފޯނާއި ފޯނުގެ ޕާސްވޯޑު ހަވާލު ކުރުމުން ފުލުހުން ވަނީ ޔުނީފޯމުގެ ނާޖާއިޒު ފައިދާ ނަގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިކަމަށްވެސް އެޕޯސްޓުގައި އޭނާ ބުނެފައި ވެއެވެ.
އެހެންނަމަވެސް ރިޝްފާގެ ތުހުމަތުތަކަށް ރައްދު ދެއްވައި އެއީ ދޮގެއް ކަން ހާމަކޮށްފައެވެ. އެގޮތުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި، ބެލެހެއްޓުމުގައި އަމަލުކުރަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދ އެކަންތައް ކުރިއަށް ދާނީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށާއި ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މަޢުލޫމާތެއް ލީކުނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ފުލުހުންގެ އިދާރާއަށް އޮންނަ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ޔަގީންކަން ދީފައިވާ ގޮތުގައި ފޮރެންސިކް ލެބޯޓަރީގެ މަސައްކަތްތައް ތަރުތީބުވެފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ހަރުދަނާ ގޮތަށް ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.