ތުރުކީ އާއި ސީރިޔާ އަށް އެހީވުމަށް "ޚިދުމަތް ޖަމިއްޔާ" އިން ރާއްޖޭގައި އިތުރު މާދަމާ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. ތުރުކީ އަދި ސީރިޔާގެ ބޮޑުބަޔަކަށް މިހާރު އައިސްގެން އުޅޭ ބިންހެލުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން (ޚިދުމަތް ޖަމިއްޔާ) ގެ އިސްނެގުމަކާއި އެކު އެހެނިހެން ޖަމިއްޔާތަކާއި ގުޅިގެން ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެ ދިނުމަށްޓަކައި 17 ފެބްރުއަރީ 2023 ވާ (ހުކުރު) ދުވަހު, މާދަމާ މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އިވެންޓުގައި ފަންޑު ފޮށި ބެހެއްޓުަމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:-
- މާލޭ ރަސްފަންނު ސަރަހައްދު
- މާލޭ އަރޓިފިޝަލް ބީޗް
- ވިލިމާލޭ ފެރީޓަރމިނަލް ސަރަހައްދު
- ހުޅުމާލޭ ފޭސް 2 ބަސް ސްޓޮޕް ކުރިމަތީ
- ރ. އުނގޫފާރު ކޮމިއުނިޓީ ސެންޓަރ (ހުކުރު ، ހޮނިހިރު)
- ބ.ހިތާދޫ ކުޑަ މިސްކިތް ކައިރީ އަދި ސްކޫލް ކައިރީ
- އއ.އުކުޅަސް ހޯޕްގެ ޖަމިއްޔާގެ އިވެންޓް (އުކުޅަހުގެ އިވެންޓް އޮންނާނީ ބުރާސްފަތި ދުވަހު)
- ބ.ފެހެންދޫ ކައުންސިލް އިދާރާ
ޚިދުމަތް ޖަމިއްޔާ އިން ޔަގީން ކުރަނީ ދިވެހިންނަކީ ދީލަތި ބައެއްކަމާއި އަދި މިކަހަލަ އިވެންޓަކަށް ގޮވާލެވިއްޖެނަމަ އެހީތެރިވެ ދޭން ތައްޔާރަށް ތިބި އެއްބައިވަންތަ ބައެއްކަމަށެވެ. جزاكم الله خيرا







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.